ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފަނޑިޔާރުންގެ މުސާރަ 75 އިންސައްތަ ބޮޑު ކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފްތިތަހް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔަތުގައި ގާސިމް ވިދާޅުވީ ޝަރުއީ ދާއިރާ އޮތީ ވަރަށް ދަތި ހާލަތެއްގައި ކަމަށާ އެދާއިރާއަށް މީހުން ބިނާ ކުރުމާ މީހުން ތަމްރީނުކުރުމަށް ފުރުސަތުތަކެއް ނެތް ކަމަށެވެ. ޝަރުއީ ދާއިރާ އިސްލާހުކޮށް ޝަރުއީ ދާއިރާ މިނިވަން ކުރުމަކީ ކޮންމެ ބޭފުޅަކުވެސް ވެރިކަމަށް އަންނަން ދައްކާ ވާހަކައެއް ނަމަވެސް އެކަން މިއަދާ ހަމައަށްވެސް ކުރެވިފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފުރަތަމަ 100 ދުވަސްތެރޭ ފަނޑިޔާރުންގެ މުސާރަ 75 އިންސައްތަ ބޮޑު ކޮށްދެއްވާނެ ކަމަށެވެ.
ދައުލަތުގެ ބަޖެޓު 40 ބިލިއަނުން މައްޗަށް އަރައިގެން ދާއިރު ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ނުވަތަ ސްޕްރީމް ކޯޓާއި ހައި ކޯޓަށް ވަކި އިމާރާތެއް ނެތް ގައުމެއް މިނޫނީ ނެތް ގައުމަކީ ކޮބައިތޯ ގާސިމް ސުވާލުކުރެއްވި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 2 އަހަރު ތެރޭ ހައިކޯޓާއި ސުޕްރީމް ކޯޓަށް ވަކި އިމާރާތެއް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ޖުޑުޝަރީގެ ކަންތައް ކިހިނެއްތޯ ރަނގަޅަށްދާނީ ފަނޑިޔާރު ގޭގެ އެކި ކޯޓުތައް ހީވަނީ ކޮތަރު ކޮށްޓެއްހެން. އެކަށީގެންދާ ޓްރޭނިންނާއި ތަރިބިއްޔަތު ފަނޑިޔާރުންނަކަށް ނުލިބޭ. އަދި އެއާއެއްކޮށް އަޅުގަނޑުގެ ފިނޭންސް މިނިސްޓަރު ކަމުގައި ފަޑިޔާރުންގެ މުސާރަ ބޮޑުކޮށްދިން ފަހުން އަދި ބޮޑެއްނުވޭ" ގާސިމް ވިދާޅުވިއެވެ.
މީގެއިތުރުންވެސް ގާސިމް ވަނީ މުދިމުންގެ މުސާރަ 25 އިންސައްތަ ބޮޑުކޮށްދެއްވާނެ ކަމަށް ވައުދުވެފައެވެ. އަދި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަ 30 އިންސައްތަ ބޮޑުކޮށްދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ތިކެމްޕޭން ނުކުރައްވާ. ތިބުނި އެއްޗަކުން ފަނޑިއާރުން ނޫން އެންމެން ރުޅިއަންނާނެ