ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ޑރ. މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވިކަން ސިރާޖު އިއުލާން ކުރެއްވީ މިރޭ ކިރެއްވި ޓްވީޓެއްގަ އެވެ.

ޑރ. މުއިއްޒާ ބައްދަލުކުރައްވާ ފޮޓޯއަކާއެކު މިރޭ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ލ. އަތޮޅުގެ ނަތީޖާ މިފަހަރު ތަފާތުވާނެ ކަމަށް ވިދާޅުވެފައެވެ.

"2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯދިކަމުގައި ވިޔަސް މި އިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން،" ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވަނީ ދާދިފަހުން އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. ނަމަވެސް މިހާތަނަށް އެހެން ސިޔާސީ ޕާޓީއަކަށް އޭނާ ސޮއިކުރައްވާފައެއް ނުވެ އެވެ.