މޫނު ބުރުގާ އަޅާ ޓީޗަރުން ކިޔަވައި ދެއިރު މޫނު މެޗުން ލާޒިމުކޮށް ނެރުނު ގަވާއިދު ބަދަލުކޮށް މޫނު ބުރުގާ އަޅައިގެންވެސް ކިޔަވައި ދެވޭގޮތަށް ހަދައިފި އެވެ.
ކިޔަވައިދޭ އިރު ޓީޗަރުން މޫނު ނިވާނުކޮށް ކިޔަވައިދިނުމަށް މީގެ ކުރިން ވަނީ ގަވާއިދެއް ނެރެފަ އެވެ. އެގަވައިދުގައި އޮންނަ ގޮތުން ކިޔަވާ ދޭ ވަގުތު ޓީޗަރުން ތިބެން ޖެހެނީ ކާކުކަން އެނގޭ ގޮތަށެވެ.
އާންމުންގެ ފާޑުކިޔުން ބޮޑުވެގެން މިހާރުވަނީ ޓީޗަރުންގެ ސުލޫކީ މިންގަނޑަށް ބަދަލު ގެނެސް އެ ގަވައިދު ބަދަލު ކޮށްފަ އެވެ.
މިހާރު ގަވާއިދުގައި ވާގޮތުން މޫނު އަޅައިގެން ތިބޭއިރު ޓީޗަރުން ތިބެން ޖެހެނީ ކާކުކަން އެނގޭ ގޮތަށް ކާޑު އަޅައިގެންނެވެ. އަދި 10އަހަރުން ދަށުގެ ކުދިންނަށް ކިޔަވައިދޭ އިރު މޫނު ބުރުގާ އަޅާ ޓީޗަރުން މޫނު ނަގަން ޖެހެ އެވެ.
އަލަށް ހެދި ގަވައިދު ގައި މޫނު އަޅާ މުވައްޒަފުންނާއި ޓީޗަރުން ވެސް ދަރިވަރުންނާ މުއާމަލާތް ކުރާއިރު ސްޓާފް ކާޑު އަޅައިގެން ތިބެން ޖެހޭގޮތަށެވެ.
މޫނު ބުރުގާ އަޅައިގެން ދަރިވަރުންނާއި މުދައްރިސުން ސުލޫކަށް ނުދެވޭގޮތަށް ހެނދުމުން ބެލެނިވެރިންގެ ފާޑުކިޔުންތައް ވަނީ އަމާޒު ވެފަ އެވެ.
 މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
			މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
		 އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
			އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
		 ސަރުކާރުން ކުރި ތުހުމަތުތައް ރިޔާޒު ދޮގުކުރައްވައިފި
			ސަރުކާރުން ކުރި ތުހުމަތުތައް ރިޔާޒު ދޮގުކުރައްވައިފި
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					