ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ޕާކިން ސްޓިކާ މައާފްކޮށްދެއްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ށ. ފުނަދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ ޕާކިން ސްޓިކާ ނުޖަހާނެ ކަމަށް މިސަރުކާރު ވެރިކަމަށް އައި އިރު ވައުދުވިނަމަވެސް އެގޮތަށް އަމަލު ނުކުރާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ޕާކިން ސްޓިކާ އިން ލިބޭ ފައިސާ ބަޖެޓުގަވެސް ހިމަނާ ކަމަށާއި އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
"އެކަމަށް ހައްލެއް ލިބެން އޮއްވާ ނުގެނެސް ޖޫރިމަނާ ކުރަނީ. މި ސަރުކާރަށް އާމްދަނީ ލިބޭ އެންމެ ބޮޑު އެއް ކަމަކީ އެއީ ޖޫރިމަނާ ފައިސާ،" މުއިއްޒު ވިދާޅުވި އެވެެ.
މުއިއްޒު ވިދާޅުވީ ޕާކިން ސްޓިކާ އިން ނަގާ ޖޫރިމަނާ ފައިސާ އަކީ ސަރުކާރަށް އާމްދަނީ ހޯދާ ވަސީލަތަކަށް ހަދާފައިވާ ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ އެއްކޮށް މާފް. ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން މާލެއާ ހުޅުމާލޭގައި ޕާކިން އިމާރާތްތައް ބަދަން ނިންމާފައިވީ ނަމަވެސް ސަރުކާރުން އެކަން ހުއްޓުވާފައިވާ ކަމަށެވެ.
ނުގުޅުނު ބޭރުގެ 8 ކުންފުންޏެއްގެ މައުލޫމާތު އާއްމުކޮށްފި
އީރާނު ފަނާކޮށްލާނެކަމުގެ އިންޒާރު ޓްރަމްޕް އދ. ގައި ދެއްވައިފި
ހޮލީވުޑް: ޕެރަމައުންޓުން ވާނާ ބްރޯސް ގަތުމާ ގާތަށް ޖެހިލައިފި
