ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު މިނިސްޓަރު މައުސޫމް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ފޯމް ހަވާލުކުރައްވާފަ އެވެ.

މައުސޫމް މިނިސްޓަރު ކަމަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.

ރައީސް ސޯލިހުއަށް ތާއީދުކުރައްވާ ޑރ. މައުސޫމް ވިދާޅުވީ ދެވަނަ ދައުރެއް ރައީސް ސޯލިހަށް ލިބުމަކީ ރާއްޖެއަށާއި ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ގޮތް ކަމަށް ވިސްނާވަޑައިގެން ރައީސް ސޯލިހަށް އެއްވެސް ޝަރުތަކާ ނުލާ ތާއީދު ކުރައްވާ ކަމަށެވެ.

ޑރ. މައުސޫމް ޓުއަރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމުގަ އެވެ. އެއަށް ފަހު ޓުއަރިޒަމް މިނިސްޓަރު ކަމަށް މައުސޫމް ވަނީ އައްޔަން ކުރައްވާފަ އެވެ.

ޖޭޕީ އިން ވަކިވެވަޑައިގަތުމަށް ފަހު މައުސޫމް މީގެ ކުރިން މައުސޫމް ވިދާޅުވީ ޖޭޕީގައި ހުންނެވި އިރު ހުރިހާ މެމްބަރުން ގެންގުޅުއްވި ގާތް ގުޅުމަށް ޝުކުރު އަދާ ކުރައްވާފަ އެވެ.