މައްސަލަ ބޮޑު ބޮލީވުޑްގެ އެކްޓްރެސް ރާކީ ސާވަންތު އޭނާގެ ބޭބެއާއެކު ސައުދީ އަރަބިއާއަށް ގޮސް އުމްރާގެ އަޅުކަން އަދާކޮށްފި އެވެ.
ރާކީ އުމްރާގެ އަޅުކަން އަދާކޮށްފައި މިވަނީ އޭނާގެ ކުރީގެ ފިރިމީހާ އާދިލް ޚާން ދުރާނީއާ ދެމެދު މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ރާކީއާއި އޭނާގެ ބޭބެ މަސްޖިދުލް ހަރާމްގައި ތަވާފްކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ.
ރާކީ އުމްރާ ވެފައިވާއިރު މީގެ ކުރިން އޭނާ ބުނެފައިވަނީ އޭނާ އިސްލާމްވީ އާދިލް މަޖުބޫރު ކުރުވައިގެން ކަމަށެވެ. އިސްލާމް ވުމަށްފަހު ރާކީ އޭނާގެ ނަން ފާތިމާއަށް ބަދަލު ވެސް ކޮށްފައިވެ އެވެ.
އާދިލް ވަނީ ވަރަށް ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ރާކީގެ ވާހަކަތައް މީޑިއާއަށް ކިޔައިދީފަ އެވެ. އެގޮތުން ރާކީ ވަނީ ފާޅުގައި އޭނާއަށް ބޭވަފާތެރި ވެފައިވާ ކަމަށް އާދިލް ތުހުމަތު ކޮށްފައިވެ އެވެ.
އާރްޑީސީ އާއި ފެނަކައިގެ ގެއްލުން 437 މިލިއަން އަށް!
ޕީއެންސީގެ ޓިކެޓް ހޯދަން ޕްރައިމަރީގައި 308 މީހުން ވާދަކުރާނެ
ޕްރައިމަރީގެ ކަންކަން ކުރިއަށްގެންދަނީ ގަވާއިދާ ހިލާފަށް: އާޒިމް