ޅ. ހިންނަވަރުން އެމަނިކުފާނަށް ނޫނެކޭ ބުނާނެ މީހަކު ނުނިކުންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ އުފަން ރަށް ޅ. ހިންނަވަރަށް ވަޑައިގެން އެމަނިކުފާނުގެ ހިތުގައި ރަށަށް އޮތް ލޯބި ހާމަކުރައްވަމުން ވިދާޅުވީ ހިންނަވަރުން އެމަނިކުފާނަށް ނޫނެކޭ ބުނޭނެ މީހަކު ނުހުންނާނެ ކަމަށެވެ.
ރައީސް މިހެން ވިދާޅުވިއިރު ވާދަވެރި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް މިއަދު ހިންނަވަރަށް ވަޑައިގެން ވިދާޅުވީ ހިންނަވަރުގެ މެޖޯރިޓީ ނަގާނެ ކަމަށެވެ.
ރައީސް ސޯލިހުގެ އުފަން ރަށް ހިންނަވަރަށް މިއަދު ވަޑައިގެން މުއިއްޒު ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ރައީސް ސޯލިހުގެ އުފަން ރަށުން މެޖޯރިޓީ ހޯދުން ކަމަށެވެ. އަދި އެންމެ ބޭނުން ވަނީ ވެސް އެރަށުން މެޖޯރިޓީ ނެގުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިރޭ ހިންނަވަރުގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް ވަނީ ކުޑައިރުގެ ހަނދާންތައް އާކުރައްވާފަ އެވެ.
"ހިންނަވަރުގައި ހުރެ ވާހަކަ ދެއްކުމަކީ އަޅުގަނޑަށް އެހާ ފަސޭހަ ކަމެއް ނޫން. އަޅުގަނޑަކީ ކާކުކަން ތިއިން ކޮންމެ ބޭފުޅަކަށް ވެސް އެނގޭނެ. އަދި މިރަށަށް އަންނަ ކޮންމެ ފަހަރަކު ކުޑައިރުގެ ހަނދާންތަކާއި ރަށްޓެހިންނާއި އާއިލާގެ މީހުންނާ ބައްދަލުވާއިރު ތަފާތު އިހުސާސެއް ކުރެވޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 1980ގެ އަހަރުތަކުން ފެށިގެން އެމަނިކުފާނު އިސްލާހީ މަސައްކަތުގައި އުޅުއްވި ކަމަށާއި އެ މަސައްކަތުގައި ވެސް ހިންނަވަރަކީ މުހިންމު ތަނެއް ކަމަށެވެ. އޭރު ފެށި އިސްލާހީ މަސައްކަތުގެ ތެރެއިން "ސަންގު" ނޫސް ނެރުނު އިރު، ބަންދުކޮށްފާނެތީ މާލޭގައިި ތިބެން ނުކެރިގެން ހިންނަވަރަށް އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ހިންނަވަރުން އެމަނިކުފާނާ ދެކޮޅަށް ވޯޓު ދޭނެ މީހަކު ނުހުންނާނެކަން ޔަގީންވާ ކަމަށެވެ.
"އަޅުގަނޑަށް ހަމަ ޔަގީން މިރަށަކުން ނެތް އަޅުގަނޑާ އިދިކޮޅަކަށް ވޯޓު ދޭނެ މީހަކު ހުރެގެންނެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރަށް ރައީސް ވިދާޅުވީ ހިންނަވަރު ކަހަލަ ބިން ކުޑަ އާބާދީ ބޮޑެތި ރަށްތަކަށް ގެންނަން ބޭނުންވި ތަރައްގީ ގެނައުމުގައި ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާ ކަމަށެވެ. އަދި ހިންނަވަރާއި ނައިފަރާއި ކުރެންދޫ އަދި އޮޅުވެލިފުއްޓަކީ ވެސް ހުނަރުވެރި އިލްމީ ބަޔަކު އުޅޭ ރަށްތަކެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ ރަށްތައް ދޫކޮށް އެފަދަ މީހުން މާލެއާއި އެނޫން ވެސް ތަންތަނަށް ބަދަލުވާން ޖެހުނު ސަބަބާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ މިއަދު އެމަނިކުފާނު ނިކުންނަވައިގެން އެހުންނެވީ ކުދި އަދި ބޮޑެތި އާބާދީގެ ރަށްތަކުގެ އިހުސާސްތައް ވަރަށް ރަގަޅަށް އެނގިގެން ކަމަށެވެ.
މިހާރު ނިކުމެފައި ތިބި 8 ކެންޑިޑޭޓުންގެ ތެރޭން އެންމެ އަމާނާތްތެރި އަދި ގައުމުގެ މިނިވަން ކަން މަތީ އަބަދަށް އޮންނާނެ އުސޫލުން ކަން ކުރާނެ އަދި ރާއްޖޭގެ ދަރަނި ތައް ދަރަނި ރިސްޓްރަކްޗަރ ނުކޮށް ދަރަނި ދެއްކުމަށް ޓަކައި މާލެ ސަރަހައްދުން ގާފަރު ފަޅު ހިއްކާ އެފަަޅުން 1 ހެކްޓަރުގެ 1000 ބިން ބިމެއް 10 މިލިއަން ޑޮލަރަށް ވިއްކާލާ ދައުލަތުގެ ބަޖެޓް އަރަނި ކުރާނީ އެއީ ހަމަ އެކަނި ގާސިމް އިބްރާހިމް އަދި ޓެކްސް ވެސް %1 އަށް ކުޑަ ކުރާނެ ކަމަށް ބުނަނީ ގާސިމޭ ގާސިމޭ ގާސިމޭ ގާސިމޭ ގާސިމޭ ގާސިމޭ ގާސިމޭ ގާސިމޭ