މި މަހުގެ 10 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ ވަނީ ސެޕްޓެންބަރު މަހުގެ 9 ވާ ހޮނިހިރު ދުވަހަކީ، ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނަ ދުވަހަށް ވާތީ އެވެ.
އާދިއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ އެވެ.
އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ސަރުކާރުގައި އެދިފައިވާތީ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ނުގުޅުނު ބޭރުގެ 8 ކުންފުންޏެއްގެ މައުލޫމާތު އާއްމުކޮށްފި
ނެޓްފްލިކްސްގެ ފިލްމު "ކްލިފް ބޫތު"ގެ ޓްރެއިލާ ރިލީޒް ކޮށްފި
ޕެންޝަން އޮފީހުގެ ސީއޯއޯ ޝިއުނާ ސަސްޕެންޑުކޮށްފި
