ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް އއ. މަތިވެރިން ހަމަލާދޭން މަސައްކަތްކޮށްފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މަތިވެރިއަށް މުއިއްޒު މިއަދު ހެނދުނު ވަޑައިގަތުމުން އެރަށުން ވަނީ މުއިއްޒަށް ހަމަލާދޭން މަސައްކަތްކޮށްފަ އެވެ.
ޑރ. މުއިއްޒު މަތިވެރިއަށް ވަޑައިގަތުން އެރަށުން މަރުހަބާ ކިޔަން ނިކުމެ ތިބި މީހުންނާ ސަލާމްކުރަމުން ވަޑައިގަންނަވަނިކޮށް އެތަނުގައި ހުރި މީހަކު ވަނީ ޑރ. މުއިއްޒުގެ އަތުގައި ޖަހާފަ އެވެ. އަދި އަނެއްކާ ޖަހަން އުޅެނިކޮށް އެ ސަރަހައްދުގައި ތިބި މީހުން ވަނީ އޭނާ ހުއްޓުވާފަ އެވެ.
މީގެ އިތުރުން އެހެން މީހަކު ވެސް ޑރ. މުއިއްޒަށް ހަމަލާދޭން އެތަނުން މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު ފުލުހުންނާ އާންމުންވެގެން ވަނީ އެމީހާ ހުއްޓުވާފަ އެވެ.
މި ހާދިސާގައި ޑރ. މުއިއްޒަށް އެއްވެސް އަނިޔާއެއް ލިބިވަޑައިގެންފައިނުވެ އެވެ.
މަތިވެރިން ޑރ. މުއިއްޒުއަށް ހަމަލާދޭން މަސައްކަތްކުރިއިރު، މި އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އުމަރު ނަސީރަށް ވެސް މީގެ ކުރިން ވަނީ ހަމަލާ ދީފަ އެވެ. އަދި އުމަރަށް ވަނީ މަރުގެ އިންޒާރު ވެސް ދީފަ އެވެ.
ލާދީނީ ބައިގަނޑައް ހަޖަމްނުވެގެން އެއުޅެނީ