ދީނީ އިލްމުވެރިންނަށް އުނގަންނައިދިނުމުގައި އެއްވެސް ހުރަހެއް މިހާރު ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞަލިހު ވިދާޅުވެއްޖެ އެވެ.

ކެމްޕޭންގައި ފ. ބިލެތްދުއަށް މިއަދު ވަޑައިގެން ރައީސް ވިދާޅުވީ މީގެ ކުރިން ދީނީ އިލްމުވެރިންނަށް އޮތް ހުރަސްތަކާ ބިރުވެރިކަން މިހާރު ނޯންނާނެ ކަމަށެވެ. އަދި އިސްލާމީ ސައްހަ އަގީދާގެ މަތީގައި ގައުމު ކުރިއަށް ގެންދިއުމަށް ދީން އުނގަންނައިދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށް އެކިކަންކަމުގައި ލަފާ އާއި މަޝްވަރާ ދިނުމަސްވެސް ދީނީ އިލްމުވެރިންނަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި މިސަރުކަރުން ދީނީ އިލްމުވެރިންނަށް ފުރިހަމަ މިނިވަންކަން ދީފައިވާ ކަމަށާ އިލްމުވެރީންނަށް ދެންވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފ.އަތޮޅަށް ރައީސް މިއަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިން.ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވީ މިސަރުކަރުން އެކިދާއިރަތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ މިނިވަންކަން އެންމެ ރަނގަޅަށް ދިފާއުކުރެވުނު ފަސް އަހަރަކީ ވެސް މިދިޔަ ފަސް އަހަރު ކަމަށާ، ރާއްޖޭގެ ގައުމިއްޔަތު ދަމަހައްޓަން މިހާތަނަށް ސަރުކާރަކުން ކުރެވުނު އެންމެ ބުރަ މަސައްކަތްކޮށް އެކަން ދެމެހެއްޓިފައި އޮތީވެސް މިދިޔަ ފަސް އަހަރު ތެރޭގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިސަރުކަރުން ވެފައިވާ ވައުދުތައް ފުއްދާދީފައިވާ ކަމަށެވެ. ސަރުކާރުން ރައްޔިތުންގެ މިނިވަންކަން ގެއްލޭ އެއްވެސް ކަމަކަށް ހުރަސްއަޅާފައި ނޯންނާނެ ކަމަށާ އެކަން މި ސަރުކަރުން ނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.