ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ފަށަފައިވާއިރު، ތިން ޕަސެންޓް ވޯޓު ފޮށީގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފަށާފައި ވަނީ ޖުމްލަކޮށް ރަގަޅަށް ކަމަށެވެ. އެ ޖަމިއްޔާ އިން ދަނީ މި އިންތިހާބު ވަރަށް ކައިރިން އޮބްޒާވް ކުރަމުން ކަމަށް ވެސް ބުނެފައިވެ އެވެ.
ޓްރަންސްޕޭރެންސީ އިން ބުނެފައި ވަނީ ވޯޓުލާން ފަށާ ގަޑިއަށް 85.5 ޕަސެންޓް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާން ފެށި ކަމަށެވެ. އަދި ވޯޓުލުމަށް ބޭނުންވާ ތަކެތި ހުރިހާ ވޯޓު ލާ މަރުކަޒެއްގައި ވެސް ހަމައަށް ހުރިކަން ފާހަގަ ކުރެވޭ ކަމަށް ޓްރާންސްޕޭރެންސީން ބުނެ އެވެ.
ނަމަވެސް 96 ޕަސެންޓް ވޯޓުލާ މަރުކަޒުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައީ ވޯޓުލާ މަރުކަޒުގެ ބޭރުގައި ކަމަށް ވެސް ބުނެފައިވެ އެވެ.
ޓްރާސްޕޭރެންސީން ބުނީ 97 ޕަސެންޓް ވޯޓު ފޮށިތައް ހުރީ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމަށެވެ. އަނެއް ތިން ޕަސެންޓް ފޮށީގައި ހުރީ ވޯޓުގެ ސިއްރުކަން ކަށަވަރު ނުވާ ގޮތަށް ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
މިހާތަނަށް އައިއިރު ޖުމްލަކޮށް ހުރިހާ ވޯޓު މަރުކަޒެއްގައި ވެސް ވޯޓުލުން ކުރިއަށް ދަނީ ރަނގަޅަށް ކަމަށް ޓްރާންސްޕޭރެންސީން ބުނެ އެވެ.
އިގްތިސާދު އަނދަވަޅަކަށް ވެއްޓުނީ އިސްރާފުތަކާ ހެދި: ފައްޔާޒު
ކީބޯޑުގެ އަކުރުތައް ތަރުތީބުން ނުހުންނަނީ ކީއްވެ؟
10 އަހަރު ފަހުން "ބޭބީ ޝާކް ބޯއީ"ގެ ފެނިލުމެއް!
