މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާތަނަށް 165 ވޯޓު ފޮށީގެ ނަތީޖާ އިއުލާންކުރި އިރު، އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދަވައިފި އެވެ.
މިހާތަނަށް ލިބުނު 165 ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުން ޑރ. މުއިއްޒަށް ވަނީ 15،508 ވޯޓު ލިބިފައިވެ އެވެ. ރައީސް ސޯލިހަށް 14،419 ވޯޓު ލިބިފައިވެ އެވެ.
މި އިންތިހާބުގައި ޑރ. މުއިއްޒާއި ރައީސް ސޯލިހު ފިޔަވައި އެހެން ކެންޑިޑޭޓަކަށް 3000 ވޯޓު ހަމައެއް ނުކުރެވެ އެވެ.
ހަވީރު 4 ޖެހުމާއެކު ވޯޓުލުމަށް ކިއޫގައި މީހަކު ނެތް ވޯޓުފޮށިތައް ބަންދުކުރުމަށްފަހު، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓް ފަހުން ވޯޓު ގުނަން ވަނީ ފަށައިފަ އެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.
މި އިންތިޚާބުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 574 ފޮށްޓެއް ވަނީ ބަހައްޓައިފަ އެވެ.
އަމިއްލައަށް އެދިގެން 107 މުވައްޒަފުން ވަކިވެއްޖެ: ފެނަކަ
އެފްޑީސީ ފްލެޓުތައް ކުއްޔަށް ދިން 11 މައްސަލައެއް ބަލަނީ
އެންޑީއެމްއޭއަށް 13،000 އަކަފޫޓުގެ ބޮޑު ބިމެއް