ރިޔާސީ އިންތިޚާބެއްގައި ގާސިމް އިބްރާހިމަށް ދުވަހަކު ވެސް ނުލިބޭވަރުގެ ދަށް ނަތީޖާއަކާ އެކު ބޮޑު ލަތުވެތި ކަމެއް ކުރިމަތިވެއްޖެ އެވެ. އަށް ކެންޑިޑޭޓުން ވާދަކުރި ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަށް ވުރެ ފަހަތުން ފަސް ވަނައިގައި ނިންމާލަން ޖެހުމަކީ ގާސިމް ފަދަ ސިޔާސީ ގޮތުން ބާރުވެރި އަދި މާލީ ގޮތުން ތަނަވަސް ބޭފުޅަކަށް ގަބޫލް ކުރަން ދަތި ނަތީޖާއަކަށް ވާނެ އެވެ. މީގެ ކުރިން ގާސިމް ވާދަކުރެއްވި ދެ ރިޔާސީ އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައި، ދެވަނަ ބުރުގައި އިންތިޚާބު ކާމިޔާބުކުރާ ޕާޓީއެއްގެ ކިންގްމޭކާއެެއްގެ ލަގަބު ހޯއްދެވި ނަމަވެސް މިފަހަރު އެހެން ނުވީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
ގާސިމް އަމިއްލަފުޅަށް ވެސް ވިދާޅުވަމުން ގެންދެވީ އެމަނިކުފާން މިފަހަރު ހުންނެވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގޮތަށް ނޫން ކަމަށެވެ. ނަމަވެސް ކޮންގްރެސް އާއި ކައުންސިލުން ނިންމީމާ އެގޮތް ގަބޫލް ކުރެއްވީ ކަމަށް ވިދާޅުވި އެވެ. އެންމެ ފުރަތަމަ ގަބޫލް ކުރެވިފައި އޮތީ ގާސިމް އިންތިޚާބުގައި އަމިއްލަ އަށް ވާދަކުރުމުގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މިފަހަރު ވެސް ކުރިއަށް ވަޑައިގަންނަވާނީ ކަމަށެވެ.
އެކަމަކު ކަންތައްވީ އެގޮތަކަށް ނޫނެވެ. ގާސިމްގެ އަރިހުގައި ނަން ހުސްކޮށް އެޑްވައިޒަރުންނާއި ސްޕެޝަލް އެޑްވައިޒަރުންނާއި ސްޕެޝަލް އެންވޯއީން ތިއްބަވަ އެވެ. މީގެ ތެރޭން ގިނަ ބޭފުޅުންގެ ލަފާކަމަށް ވަނީ ގާސިމް އިންތިޚާބަށް ނުކުންނެވުމެވެ. ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން އެޑްވައިޒަރުންނަށް "ފައިދާ" އޮތީ ގާސިމް ނުކުންނަވައިގެންނެވެ. އެކަމަކު އާޚިރުގައި ހުރިހާ މާލީ ގެއްލުމެއް ގާސިމަށެވެ. ހުރިހާ މާލީ ފައިދާއެއް އެޑްވައިޒަރުންނަށެވެ.
ގާސިމަށް ކުރިމަތިވި ނާކާމިޔާބީގެ އަނެއް ސަބަބެއް ކަމަށް ގިނަ ބަޔަކު ގަބޫލްކުރަނީ ކެމްޕޭނަށް ރަށްރަށަށް ވަޑައިގެން މާބޮޑަށް ކޯފާ އިސްކުރައްވައި ރައްޔިތުންނާ މުޚާތަބު ކުރެއްވުމެވެ. ބައެއް ރަށްރަށަށް ވަޑައިގަންނަވާ އިރު އެ ރަށެއްގެ ނަން ވެސް އެނގިވަޑައިނުގަންނަވަ އެވެ. އަދި ރަށްތަކަށް ވަޑައިގެން އެމަނިކުފާން ކޮށްދެއްވައިފައި ހުރި ކަންތައްތަކުގެ ވާހަކަތައް މާގިނައިން ދެއްކުން ވެސް ގިނަ ބަޔަކަށް ކަމަކު ނުދިޔަ އެވެ. ރައްޔިތުން ގަބޫލްކުރީ އެއީ ކަލަގޮވުން ކަމަށެވެ. އެހެންވެ ގާސިމްގެ ބައެއް ވާހަކަތަކަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ޖޯކު ޖަހާފައިވެ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި އެއީ ސީރިއަސް ކަމެއް ނެތް ކެންޑިޑޭޓެކެވެ. ބައެއް މީހުން ޖޯކަރެއްގެ ގޮތުގައި ވެސް ގާސިމް ސިފަކޮށްފައިވެ އެވެ. ގާސިމްގެ ބަސްފުޅުން ނަމަ "ޗައްކަރެއްގެ" ގޮތުގަ އެވެ.
އަނެއް ސަބަބަކީ ގާސިމްގެ ބައެއް ވައުދުތައް އާއްމުން ބަލައި ނުގަތުމެވެ. ސޯޝަލް ހައުސިންގެ ކުލިތައް މައާފް ކުރެއްވުމާއި ހުރިހާ ލޯނެއް މައާފް ކުރެއްވުމަކީ ދަރަނި މިހާ ބޮޑު ގައުމަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އާއްމުން ގަބޫލެއް ނުކުރި އެވެ.
ގާސިމްގެ ފަހަތުގައި ވެސް ބޮޑު ޓީމެއް އޮތެވެ. ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ ޕީޕީއެމަށް 2018 ގައި ނާކާމިޔާބުވުމުން އެމަނިކުފާން ދޫކޮށްލައި ޖޭޕީއާ ގުޅުނު ޓީމެވެ. ކުރީގެ ނައިބް ރައީސަކާއި ކުރީގެ ރައީސެއް ގާސިމްގެ އަރިހުގައި ހުންނެވި އެވެ. އެކަމަކު މި އެންމެންނަށް ކުރެވުނު ކަމެއް ނެތެވެ. އެޑްވައިޒަރުންނާއި ސްޕެޝަލް އެޑްވައިޒަރުންގެ ތެރޭން މީހަކު މަދުވެގެން 10 ވަރަކަށް ވޯޓު ގާސިމަށް ހޯދައިދިން ނަމަވެސް މިވަރުވެގެން ނުވާނެ ކަމަށް އާއްމުންގެ ތެރޭގައި މިހާރު ވާހަކަ ދެކެވެ އެވެ. އެހެންވެ މިއޮތީ ކޮންމެ ވެސް ބަޔަކު ގާސިމަށް "ޗައްކަރެއް" ޖަހައިފަ އެވެ.
މި ރިޔާސީ އިންތިޚާބުގައި ގާސިމަށް ލިބިވަޑައިގެންފައި ވަނީ 5،500 އެއްހާ ވޯޓު ނުވަތަ 2.5 ޕަސެންޓެވެ. ގާސިމްގެ އަމިއްލަ ޕާޓީ ޖޭޕީގައި ވެސް 22،607 މެންބަރުން ތިބެ އެވެ. މި އެންމެން އިއްޔެ ކޮބައިތޯ އެވެ. މިއީ ކުރީގެ ރިޔާސީ އިންތިޚާބުތަކާ ބަލާއިރު އިންތިހާ އަށް މަގްބޫލްކަން ދަށްވުމެވެ.
ރިޔާސީ އިންތިޚާބުތަކުގައި ގާސިމަށް ވޯޓު ލިބިވަޑައިގެންނެވި ގޮތް
- 2008 ގެ ރިޔާސީ އިންތިހާބުގެ ފުރަތަހަމަ ބުރު - 27،056، (ވޯޓުގެ 15 ޕަސެންޓް)
- 2013 ގެ އިންތިހާބުގެ، ބާތިލްކުރި ފުރަތަމަ ބުރު - 50،422، ވޯޓުގެ 24 ޕަސެންޓް)
- 2013 ގެ އިންތިހާބުގެ ފުރަތަމަ ބުރު - 48،131، ( ވޯޓުގެ 23 ޕަސެންޓް)
- 2023 ގެ އިންތިހާބުގެ ފުރަތަމަ ބުރު - 55،00 (ވޯޓުގެ 2.5 ޕަސެންޓް)
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ގާސިމަށް ވާދަނުކުރެއްވުނީ އޭރުގެ ސަރުކާރުން ގާސިމް ޖަލަށްލައި އަދި ބޭސްފަރުވާ އަށް ރާއްޖޭން ބޭރުގައި ހުންނަވަން ޖެހުމުންނެވެ. އެ އަހަރު ގާސިމް ތާއީދުކުރެއްވީ ރައީސް ސޯލިހު ހިމެނިވަޑައިގަންނަވާ އެމްޑީޕީ ކޯލިޝަނަށެވެ. އޭގެ ކުރިން 2008 އަދި 2013 ގެ ދެ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކޮށްފައި ވަނީ ގާސިމް ތާއިދުކުރެއްވި ކޯލިޝަނުންނެވެ. ގާސިމަށް ރައީސްކަމާ އެންމެ ކައިރިއަށް ވަޑައިގެންނެވުނީ 2013 ގަ އެވެ. އެ ފަހަރު ދެވަނަ އަށް ވަޑައިނުގެންނެވުނީ މަދު ވޯޓުކޮޅެއްގެ ތަފާތުންނެވެ. އެހެން ނޫން ނަމަ ދެވަނަބުރުގައި ގާސިމް އިސްވެ ހުންނަވާ ކޯލިޝަނުން އިންތިޚާބު ކާމިޔާބުކޮށް އެމަނިކުފާނަށް ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު ވަރަށް ބޮޑުވީހެވެ. އެކަމަކު އޭގެ ފަހުން ނަތީޖާ މިފެނުނީ ދިމާ އިދިކޮޅަށެވެ.
ގާސިމަކީ ވެރިކަމަށް އެކަށީގެންވާ މީހެއް ނޫން. އެކަހަލަ ސިފަތަކެއްވެސް ނެތް.
ގާސިމް ކެމްޕެއިން ކުރީ 20 ދުވަހު ގާސިމް މެދުނުކެނޑި 3 އަހަރު ދުވަހު ނުވަތަ މިއަދުން ފެށިގެން މަޖްލީހުގެ އިންތިޚާބުގެ ކެމްޕެއިން ތައް ކޮށްބަލަ މެދުނުކެނޑި މަޖްލީސް އިންތިޚާބު ބާއްވަން ދެން އެއިރުން އިނގޭނެ ގާސިމް ގައި ގައި ހުރި ސިޔާސީ ބަރުދަން ޔަގީނުން ވެސް ޖޭޕީން ބޮޑު އަދަދެއް ނަގާނެއޭ އެކަމަކު ޕީޕީއެމް އާއި ގުޅިން އެކަން އެއްބަސްވެ އޮތަސް އެކަމަށް މަޑުނުކޮށް ގާސިމް ކެމްޕެއިން ކުރަމުން ގޮސްފިނަމަ ގާސިމް ތަފާތު ދައްކާނެއޭ ގާސިމަކީ ތަފާތު ދެއްކި ސިޔާސީ ވަރުގަދަ ލީޑަރެކޭ ގާސިމް އަށް ކާމިޔާބުވާނެއޭ
އެއްގޮތަކަށް ވެސް ގާސިމްގެ އެޑްވައިޒަރުންގެ އެއްވެސް މައްސަލަ އެއް ނެތޭ ހަމައެކަނި މައްސަލަ އަކީ އެއީ ޖޭޕީން ކެމްޕެއިން ފެށުން ލަސްވުން ޖޭޕީގެ ކޮންގްރެސް އިން ޖޭޕީ ރިޔާސީ އިންތިޚާބުގައި ބައިވެރިވާން ފާސްކުރި ދުވަހުން ފެށިގެން ގާސިމް އަތްމަތި އަވަސް ކޮށްފައި ގާސިމްގެ ކެމްޕެއިން މުޅި ރާއްޖެ އަށް ފެތުރިނަމަ ދެވަނަ ބުރުން ގާސިމް ޖާގަ ހޯދާނެ ކަން އެއީ ޔަގީން ކަމެކޭ މިލިބުނު ނަތީޖާ އިން އިބްރަތެއް ހާސިލް ކުރުމަށް ފަހު ޖޭޕީ އަލުން ސަފުތައް ރުކުރުވާލާ ޕީޕީއެމް އާއި ގުޅިގެން ރާއްޖޭގެ މިނިވަން ކަން ދިފާއު
ގާސިމް ކައިރީ އެތިބީ އޭނާގެ ހަލާކު އިލްހާމް ނިހާން އާރިފް ވަހީދު މިހެންގޮސް ކިޔާނެކަމެއްނެއް
ގާސިމް އިނދަޖައްސާލީ ކައިރީގަ ތިބި މީހުން. އެއިން ކޮންމެ މީހަކު ބޮޑު މުސާރަ އަތުލައިގެން ފޮނު ކަނޑާފަ ގާސިމަަށް ދެއްކީ ނުބައި މަންޒަރެއް. މަކަރުވެރިން ފަހަތަށް ލައިގެން ވާނެ ފައިދާއެއް ނެތްކަން މި އެނގުނީ
ތި ތިބި ނިހާންމެން ބަލާލީމާ ފެނޭ އައިސް ހުރި ބަދަލު. ގައިމު ބައިވަރެއް ކާލައިގެންތާ އެވަރުވެފަ ތިބޭނީ
ގާސިމް ކައިރިގަ ތިބި މީހުން މި ވަނީ އޭނާ އަށް ޗައްކަރެއް ޖަހާ. ގާސިމް މުޅިން ހުސްކޮށްލާފައި
މާތް الله ދެއްވި ތަނަވަސް ކަމަށް ތިމާ މީހާ ބޮޑާވެ ކިބުރުވެރި ވުމުގެ ހިތި ނަތީޖާ އަދި ތިމާކޮށްދިން ކަންތަކަށް ކަލަގޮވާ ، ކޮވިޑްގެ ދަތި ހާލުގައި އަމިއްލަ މުވައްޒަފުންނަށް އިހާނެތިކޮށް ކަންކުރުމާއި، ތިމާވަރުގެ މީހަކު ނެތްކަމަށް ހިތާ ، ކައިރީގައި ތިބި އުރައްޕަތެއް އުޑެއް ބުޑެއް ވަކިނުވާ ލޯ ކަނު ބަޔަކު ދެއްކި ނަނާ ހުވަފެން ބެލުމުގެ ހިތި ނަތީޖާ. އެއްޗެއް ވިސްނިފަ ސޭޓަށް ހުންނާނީ
ޤާސިމުގެފަހަތުގައިގިނައިންތިބީހަތާތަޅާލީމައިދިޔަކުޅަނދުރު
ގާސިމް ދެންރަޖާލާގެން ނިދާ ހަހަހަ