ހެލްތު އެންޑް ސޯޝަލް ހެލްތު ސެކްޓާގައި، ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ ނަމަ ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތު އެންޑް ސޯޝަލް ހެލްތު ސެކްޓާގައި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒިފުންގެ ފަރާތުން ހުށައަޅާފައިވާ މައްސަލަތައް ދިރާސާ ކުރުމަށް ފަހު ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ މައްސަލަތައް ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެގޮތުން މިނިސްޓްރީ އޮފް ފިނޭންސާ މަޝްވަރާ ކުރެއްވުމަށް ފަހ،ު ޕޭފްރޭމްވޯކަށް ހިޖުރަކުރި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ނިންމެވީ ސިއްހީ ފަންނުވެރިންގެ ފަރާތުން ރައީސް އޮފީހަށް ހުށައަޅާފައިވާ މައްސަލަތައް ދިރާސާކުރުމަށް ފަހު ޕޭ ފްރޭމްވޯކަށް ހިޖުރަކުރުމުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަ ކުރެވޭތީ ކަމަށެވެ.
ގަވާއިދުން ހިނގުމަކީ ސިއްހަތަށް ފައިދާހުރި ކަމެއް: ދިރާސާ
އިންތިހާބަށްފަހު ފުވައްމުލަކުން ކަރަންޓު ކަނޑަން ފަށައިފި
ދަރިން ކިޔެވުމަށް ޝައުގުވެރި ކުރުވަން ކުރެވިދާނެ ދެތިން ކަމެއް!
