ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) މުހްތާޒު މުހްސިން މިރޭ ޕީޕީއެމްއަށް ސޮއިކުރައްވައިފި އެވެ.

މުހްތާޒް ޕީޕީއެމްއަށް ސޮއިކުރެއްވީ އާޓްފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގަ އެވެ. މުހްތާޒްގެ ފޯމާ ހަވާލުވެލެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއާއި އިދިކޮޅު ކޯލިޝަން މިވަގުތު ހިންގެވުމާ ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މުހްތާޒްގެ އިތުރުން ގިނައަދަދެއްގެ ބަޔަކު މިރޭ ވަނީ ޕީޕީއެމްއަށް ސޮއި ކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މުހުތާޒަށް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެއީ ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރުކޮށް ޔާމީން ރަހީނުކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.