ބޮލީވުޑްގައި މަޝްހޫރު އެކްޓަރުން ކަމަށްވާ ރަންވީރު ސިންހް އާއި ރަންބީރު ކަޕޫރާ ދެމެދު ހުރި ތަފާތުތައް މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ހާމަކޮށްފި އެވެ.
ރަންވީރު އާއި ރަންބީރު ކަޕޫރަކީ ބޮލީވުޑްގައި މިހާރު އެންމެ ފާހަގަ ކޮށްލެވޭ ދެ އެކްޓަރުންނެވެ. ދެ މީހުންނަކީވެސް ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހިސާބަށް ގެނެސްދީފައިވާ މޮޅު އެކްޓަރުންނެވެ.
މިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކަރަންއާ ކުރި ސުވާލަކީ ރަންބީރާއި ރަންވީރު ސިންހުއާ އެކު މަސައްކަތް ކުރުމުގެ ހުރި ތަފާތަކީ ކޮބައިހެއްޔެވެ. އެ ސުވާލުގެ ޖަވާބުގައި ކަރަން ބުނީ ރަންވީރަކީ އޭނާގެ ހުރިހާ ކަމެއް އަމިއްލައަށް މެނޭޖުކުރާ މީހެއް ކަމަށެވެ. އަދި ރަންބީރުގެ މެނޭޖަރެއް ނުހުންނަ ކަމަށާއި ޕީއާރު ޓީމެއް ވެސް އޭނާ ނުގެންގުޅޭ ކަމަށް ކަރަން ބުންޏެވެ.
"އެއް ފިލްމުގެ މަސައްކަތް ނުނިންމަ އަނެއް ފިލްމުގެ މަސައްކަތް ރަންބީރު ނުފަށާނެ. މަސައްކަތުގެ ޝެޑިއުލް ވެސް އޭނާ އަމިއްލައަށް ބަލަހައްޓާނީ. ޕީއާރު ޓީމެއް ނުތިބޭ، މެނޭޖަރެއް ވެސް ނުހުރޭ، އެހެން މީހަކު ލައްވާ އޭނާގެ އެ ކަންކަން ނުކުރުވާ،" ކަރަން ބުންޏެވެ.
ކަރަން ބުނީ އެ ދެ ތަރިންގެ އެއްގޮތް ކަމަކީ އެމީހުންނަށް ލިބިފައިވާ ހުނަރެވެ. އެ ދެ މީހުންނަކީ ވެސް ވަރަށް ކުޅަދާނަ ދެ އެކްޓަރުން ކަމަށް ކަރަން ބުންޏެވެ.
ރަންބީރު ވަނީ ކަރަން ޕްރޮޑިއުސްކުރި ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އެކަމަކު، ކަރަން ޑައިރެކްޓުކުރި ފިލްމަކަށް އޭނާ މަސައްކަތް ކުރީ 2016 ގައި ނުކުތް "އޭ ދިލް ހޭ މުޝްކިލް"ގައި އެކަންޏެވެ. މީގެ އިތުރުން ރަންބީރު ގެ އަންހެނުން އާލިއާ އަކީ ކަރަންގެ ވަރަށް ފޭވަރިޓެކެވެ.
ރަންވީރު އާއި އެކުގައި ކަރަން ވަނީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި މަސައްކަތް ކޮށްފައިއެވެ. މި ފިލްމް އަކީ ލީޑުން ރަންވީރު އާއި އެކުގައި އާލިއާ ބަޓް ފެނިގެން ދިއަ ފިލްމްއެކެވެ.
ރަންވީރުގެ އަންހެނުން ދިޕިކާ އަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާއެކެވެ.