ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާންގެ ފިރިހެން ދަރިފުޅު އާރްޔަން ހާން ޑައިރެކްޓް ކުރާ ފުރަތަމަ ވެބް ސީރީޒް "ސްޓާޑަމް"ގެ މަސައްކަތް ނިމުމާ ގާތްވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 25 އަހަރުގެ އާރްޔަން ލިޔެ، ޑައިރެކްޓްކުރާ މިސީރީޒްގެ މަސައްކަތް މިއަހަރުގެ ޖުލައި މަހު ތެރޭގައި ވަނީ ފަށާފަ އެވެ.

މިއީ ޝާހްރުކް ޚާންގެ ހިއްސާ އޮންނަ ރެޑް ޗިލީސް ޕްރޮޑަކްޝަންސްއިން އުފައްދާ މިސީރީޒްގައި ހިމެނެނީ ހަ އެޕިސޯޑް އެވެ.

އިންޑިއާގެ ފިލްމީ ދާއިރާގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ވެބް ސީރީޒްގެ ހާއްސަ ފެނިލުންތަކުން ބޮލީވުޑްގެ މަޝްހޫރު ތަރިންްް ފެނިގެންދާނެ އެވެ. އެގޮތުން އާރްޔަންގެ ބައްޕަ ޝާހްރުކް އާއި ރަންވީރު އާއި ރަންބީރު އަދި ބޮބީ ޑިއޯލް ފެނިގެންދާނެ އެވެ.

"ސްޓާޑަމް" ގެ ސްކްރީންޕްލޭ ލިޔަން، އާރްޔަން ލިޔުންތެރިޔާ ބިލާލު ސިއްދީގީ އެހީތެރިވެ އެވެ. ބިލާލަކީ އަރްޔާންގެ އާއިލީ ފިލްމު ކުންފުނި ރެޑް ޗިލީސްގެ "ބާޑް އޮފް ބްލަޑް" ލިޔުނު ލިޔުންތެރިޔާ އެވެ.

"ރިޕޯޓްތައް ބުނާ ގޮތުން "ސްޓާޑަމް" ގެ އެންމެ މުހިއްމު ތަރިއަކީ މި ހަފުތާގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ޓޮރޮންޓޯ ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރީމިއާކުރި ފިލްމު "ކިލް" އިން ތައާރަފުކުރާ އެކްޓަރު ލަކްޝް ލަލްވާނީއާ އެވެ

މިސީރީޒް ޝޫޓިން ނިމެން ކައިރިވެފައިވާއިރު މިސީރީޒް ގެނެސްދޭނެ އިރެއް ހާމަކޮށްފައިނުވެ އެވެ.