ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ހިތާދޫއަށް ވަޑައިގަތުމުން މުއިއްޒުއާ ދެކޮޅަށް މުޒާހަރާކޮށްފި އެވެ.

ހިތާދޫގެ އެމްޑީޕީގެ ޖަގަހައިން ދިޔައީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒުއާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އަޑުގަދަކުރާ ބޭނުންކޮށްގެން ޑރ. މުއިއްޒުއަށް ނިސްބަތްކޮށް އެމްޑީޕީ ޖަގަހައިން ވަނީ އަޑުއުފުލާފަ އެވެ. އެފަރާތްތަކުން އަޑުއުފުލަމުން ދަނިކޮށް މުއިއްޒު ވަނީ އެ ޖަގަހައަށް ވަޑައިގެން އެމީހުންނާ ބައްދަލުކޮށް އެމީހުންގެ ޝަކުވާތަކުގެ އަޑުއައްސަވާފަ އެވެ.

އަޑުއުފުލަމުން ދިޔަ ފަރާތްތަކުން ޑރ. މުއިއްޒު އަރިހުގައި ދެންނެވީ އެ މީހުން ކުރަމުން ދިޔައީ ސިޔާސީ މަސައްކަތެއް ކަމަށާއި އެކަން ކުރަނީ އެކަމަށް ފައިސާ ލިބޭތީ ކަމަށެވެ.

"މިވަގުތު އެމްޑީޕީ ޖަގަހައިގައި އަޅުގަނޑު ހުއްޓަސް. އަޑު އުފުލަމުން ދިޔަސް އަޅުގަނޑު މި ކުރަނީ ސިޔާސީ މަސައްކަތެއް. އަޅުގަނޑަށް ފައިސާ ލިބޭ މިކުރާ މަސައްްކަތައް،" އެމްޑީޕީ ޖަގަހައިގައި އަޑު އުފުލަން ހުރި މީހާ ބުންޏެވެ.

ހިތާދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ޑރ.މުއިއްޒު ވަނީ އެ ރަށުގައި ހިންގާނެ މަޝްރޫއުތައް އިއުލާން ކުރައްވާފަ އެވެ. އެގޮތުން އެ ރަށުގެ ސިއްހީ މަރުކަޒު ފެންވަރު ރަނގަޅު ތަނަކަށް ހެދުމަށާއި ބަލި މީހުންނަށް ފަރުވާދޭނެ ގޮތް ހަމަޖައްސަވާ ދެއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކެމްޕޭން ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން ވަމުން އަންނަ ވައުދުތަކަކީ އެއްވެސް ހާލަތެއްގައި ނުފުއްދައިދެވޭނެ ވައުދުތަކެއް ނޫންކަން ވެސް ޑރ. މުޢިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ.