ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ވާދަކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޓީމުން ނިންމައިފި އެވެ.
މި އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހަތަރު ވަނަ އަށް އެންމެ ގިނަ ވޯޓު ހޯދާފައިވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި އުމަރު ނަސީރެވެ. ރިޔާސީ އިންތިހާާބުގެ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއިދު ނުކުރުމަށް އުމަރުގެ ޓީމުން ވަނީ ނިންމައިފަ އެވެ.
އުމަރު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކުން ކެންޑިޑޭޓުން ނެރުމަށް ނިންމާފައިވާ ކަމަށެވެ. މަޖިލިސް އިންތިހާބަށް ވާދަކުރާނީ ވެސް، ރިޔާސީ އިންތިހާބަށް ހުށަހެޅި ވައުދުތަކާ އެކު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ، އިންތިހާބު ކާމިޔާބުވެވަޑައި ނުގަތަސް، ދިވެހި ރައްޔިތުންގެ ހިތްތައް ކާމިޔާބު ކުރެވިއްޖެ ކަމަށާއި، މިއީ އިންގިލާބެއްގެ ފެށުމެއް ކަމަށް އުމަރު ސިފަކުރެއްވި އެވެ.
"އިރާދަ ކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ގޮނޑިއަކަށް ވާދަކުރެވޭތޯ އަޅުގަނޑުމެން ބަލާނަން. އަދި އަޅުގަނޑުމެން ވާދަކުރާނީވެސް އަޅުގަނޑުމެން ގެންގުޅޭ ސްލޯގަންގައި. އަޅުގަނޑުމެން ވަކާލާތު ކުރާ ކަންކަމުގައި ހިފައިގެން އަޅުގަނޑުމެން ވާދަކުރަމުންދާނީ. ފަހަރެއްގައި ހިތަށް އަރައިފާނެ ގޮނޑިއެއް ވިން ނުވެދާނެއޭ. މައްސަލައެއް ނެތް. އަޅުގަނޑުމެން ކަންބޮޑެއް ނުވޭ،" އުމަރު ވިދާޅުވި އެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އުމަރު ވަނީ ހަތަރު ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ. އެއީ 6،231 ވޯޓެެވެ. މާބޮޑު ކެމްޕޭންއެއް ނުކޮށް ހަތަރު ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވުމުން އެއީ ވަރަށް ބޮޑު ކާމީޔާބީއެއް ކަމަށް ގިނަ ފަރާތްތަކަކުން ވަނީ ބުނެފަ އެވެ.
އަންނަ މަހުގެ 10 ގެ ކުރިން ފޮތްތައް ފޮނުވައި ނިންމަނީ
ދުޅަހެޔޮ ސިއްހަތަކަށް ދުވާލަކު 10،000 ފިޔަވަޅު ބޭނުންވޭ!
ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ހޯދަން 129 ކެނޑިޑޭޓުން