2026 ވަނަ އަހަރު މި ސަރުކާރުން ނަގާފައިވާ ލޯނުތަކައި ރާއްޖޭގެ ދަރަނި އެއްކޮށް ދެއްކޭނެ ޕްލޭން ކޮށްފައިވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒުގެ އިގްތިސޯދީ މެނިފެސްޓޯ "ދިވެހީންގެ އިޤްތިސާދު" އިފްތިތާހްކުރުމަށް މިރޭ ބޭއްވި ހަފްލާގައި މުއިއްޒު ވިދާޅުވީ 2026 ވަނަ އަހަރާ ހަމައަށް ދާއިރު ރައްޖޭގެ ދަރަނި އެއްކޮށް ދައްކާ ނިންމާލެވޭނެ ކަމަށެވެ. އަދި ރައްޖޭގެ ދަރަނި ދެއްކުމަށް ޕްލޭންކޮށް އެގޮތް ހޯދާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދަރަނި ދެއްކުމަށް ކްރެޑިޓް ރޭޓް މަތިކޮށް އިންވެސްޓަރުންގެ ކޮންފިޑެންސް އަނބުރާ ހޯދާ ލޯންތައް ރީ ފައިނޭންސް ކުރާނެ ކަމަށެވެ. އަދި މިހާރު ރައްޖޭގެ ކްރެޑިޓް ރޭޓިން ހުރީ ވަރަށް މަތީގައި ކަމަށާއި 2016 ވަނަ އަހަރު ރައްޖޭގެ ކްރެޑިޓް ރޭޓިން ހުރި ވަރަށް ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ދިވެހީންގެ އިޤްތިސާދު މެނިފެސްޓޯ އިފްތިތާހް ކުރިއަށް ގެންދިޔަ ހަފްލަގެ ތެރެއިން

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމުގެ ފަސް އަހަރުގައި ރާއްޖޭގެ ރިޒާވް މަތިކުރާނެ ކަމަށާއި އެކްސްޗޭޖް ރޭޓް އެއް އަގެއްގައި ހިފަހައްޓާނެ ކަމަށެވެ.

މިހާރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަރަށް ދަށްކޮށް އޮތީ، އެ ކްރެޑިޓް ރޭޓިން 2016 ގައި ހުރި ހިސާބަށް ގެންދާނަން، އަޅުގަނޑުމެންގެ މި އިގްތިސާދީ މަސައްކަތް ނިމޭއިރު އިރާދަކުރެއްވިއްޔާ އެވްރެޖްކޮށް އަޅުގަނޑުމެންގެ ބަޖެޓް އެފްސީޑީ ސިންގަލް ޑިޖިޓަށް ކުޑަކުރާނަން." މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް އެކުވެރި ބައެއް ގައުމުތަކުން މިހާރު ވެސް ފެހި ސިގްނަލް ލިބިފައިވާ ކަމަށް މީގެ ކުރިންވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މުއިއްޒު ވިދާޅުވީ ފައިސާ ޗާޕު ކުރުން ނިމުމަކަށް ގެނެސް އިގްތިސާދު ހަމައަކަށް އަޅުވާނެ ކަމަށެވެ. އަދި ސަރުކާރުން ނަގާފައިވާ ލޯނުތައް ވެސް ދައްކާނެ ކަމަށާއި އެ ލޯނުތައް ދެއްކޭނެ މަގު ފަހިވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.