މިމަހު ރާއްޖެއަށް ކުރި ވިއްސާރާގައި މިހާތަނަށް އެކި ރަށްރަށުން 84 ގެއަކަށް ގެއްލުން ލިބިގެން ރިޕޯޓް ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ޅ. ކުރެންދޫ އަށެވެ. ކުރެންދޫގެ 66 ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވެ އެވެ. އެންޑީއެމްއޭ އިން ބުނީ މިމަހު ރާއްޖެއަށް ކުރި ވިއްސާރާގައި ހަތަރު ރަށަކުން ގޭގެއަށް ފެންވަދެ އެކި ކަހަލަ ގެއްލުން ލިބިގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ވިއްސާރައިގެ ސަބަބުން ޅ. ކުރެންދޫގައި ފެންބޮޑުވެފައި: ފޮޓޯ: އެންޑީއެމްއޭ

އޭގެ ތެރޭގައި ޅ. ކުރެންދޫ - 66 ގެ އަށް ފެންވަދެ ގެއްލުން ލިބިފައިވެ އެވެ. އަދި އއ. އުކުޅަހުން 15 ގެ ސ. ފޭދޫ އިން 2 ގެ އަދި އއ. ފެރިދޫ އިން 1 ގެ އަށް ފެންވަދެ ހިފަގެންގުޅޭ ސާމާނަށް ގެއްލުން ލިބިގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ ގޭގެއަށް ލިބިފައި ހުރި ގެއްލުން ވަޒަންކޮށް ބަލާ މިހާރު އެގެގެއަށް އެހީތެރެކަން ފޯރުކޮށްދެމުން ދާ ކަމަށެވެ.