ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ޕީޕީއެމްއަށް މިރޭ ސޮއިކުރައްވައިފި އެވެ.

މޫސާ ސިރާޖު ޕީޕީއެމް އަށް ސޮއިކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި މިރޭ ލ. ގަމުގައި ބޭއްވި ޖަލްސާގަ އެވެ. ސިރާޖުގެ ފޯމާ ހަވަލުވެލެއްވީ ޑރ. މުއިއްޒު އާއި އިދިކޮޅު ޕީޕީއެމް ކޯލިޝަން މި ވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އެވެ.

މޫސާ ސިރާޖު ވަނީ މިދިޔަ މަހު އެމްޑީޕީ އިން ވަކިވެ ޑރ. މުއިއްޒުއަށް ތާއިދު ކުރައްވާކަން ހާމަ ކުރައްވައިފަ އެވެ.

ޑރ. މުއިއްޒުއަށް ތާއިދު ކުރައްވަން ނިންމަވާ މޫސާ ސިރާޖު ވިދާޅުވީ ލ. އަތޮޅުގެ ނަތީޖާ މި ފަހަރު ތަފާތުވާނެ ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލ. އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯދީ ކަމުގައި ވިޔަސް މި އިންތިހާބުގައި އެކަން ބަދަލުކުރާނެ ކަމަށް ސިރާޖު ވިދާޅުވި އެވެ.