ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަފައި ވަނީ އަންނަ މަހުގެ 24 ވަނަ ދުވަހާ ހަމައަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދެނީ އެ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތަކަށް ކަމަށެވެ. އަދި މިހާރު ހުއްދައަށް ހުޅުވާލާފައިވާއިރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކަށް ވެސް މިކަމަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނީ ނޮވެމްބަރު މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ވެސް ހުއްދައަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގެ ނުވަ ވަނަ މާއްދާގެ ދަށުން އުމްރާއަށް މީހުން ގެންދިޔުމަށް ކޮންމެ މީލާދީ އަހަރަކު ދެ ފަހަރު އިއުލާންކުރަން ވާނެކަމަށް ބަޔާންކޮށްފައިވެ އެވެ.