އައްޑު ސިޓީ ހުޅުދޫން ހިތަދޫ އަށް އަޅާ ބްރިޖު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އައްޑޫ ސިޓީ ހުޅުދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ ހުޅުދޫގައި ދަޅުގައި މަސް ބަންދު ކުރާ ފެންވަރު ރަނގަޅު މަސްފެކްޓްރީއެއް ހަދައި ވެލިއު އެޑެޑް ޕްރޮޑަކްޓްސް ހަދާ، ބޭރުކުރާ ފެކްޓްރީއެއް ހަދައިދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ހުޅުދޫން ހިތަދޫ އަށް އަޅާ ބްރިޖުގެ މަސައްކަތް ވެސް ނިންމާ ބްރިޖު ވެސް ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.
"މި ރަށުގައި ފެންވަރު ރަނގަޅު މަސް ފެކްޓްރީއެއް. ދަޅުގައި ބަންދުކޮށް ވެލިއު އެޑެޑް ޕްރޮޑަކްޓްސް ހަދާ އެތައް މަންޒިލަކަށް ބޭރުކުރާ ފެކްޓްރީ ހެދިދާނެ. ބްރިޖު ވެސް އެޅިދާނެ. އެތައް މަސައްކަތެއް ކުރެވިދާނެ. ހުޅުމީދޫން ހިތަދޫ އަށް އަޅާ ބްރިޖު ހަގީގަތަކަށް ހަދާނަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ވެރިކަން ކުރާނީ ދެފުށް ފެންނަ އަދި ތައުލީމީ ގާބިލް މީހުންނާ އެކު ކަމަށެވެ. މުއިއްޒު ވިދާޅުވީ މިއަދު ދިމާވެފައިވާ އެންމެ ބޮޑު ކަމަކީ ގައުމުގެ މިނިވަންކަން ނެތުން ކަމަށެވެ.
ގައުމުގެ މިނިަވަންކަން އޮތީ އެހެން ގައުމެއްގެ އަތްދަށުގައި ކަމަށާއި އަމިއްލަ ބާރު ނެތްކަން މިހާރު ފެންނަމުންދާ ކަމަށެވެ. ކޮންމެ ޕާޓީއެއްގައި ހުއްޓަސް ދިވެހީންގެ ރާއްޖެ އަނބުރާ ހޯދުމަށްޓަކައި 30 ވަނަ ދުވަހު ވޯޓު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުއަށް ނުވާނެ 3 ކަމެއް މުއީޒު ވެރިކަމަށް އައުމަށް ސްލޯގަން އަކަށް ބޭނުންކުރީ. 1 ދިވެހިންގެ ގެއްލުނު ކަނޑެއްނުލިބޭނެ. ޢެއީ ނުގެއްލޭ އެއްޗެއް. 2 ދިވެހިންގެ ރާއްޖޭގެ މިނިވަންކަމެއް އިތުރަކަށް ނުލިބޭނެ. މިނިވަންކަމެއް ނުގެއްލޭ ވިއްޔަ. 3 އިންޑިއާ މިލިޓަރީ އެއް ނުބޭލޭނެ. އެއީވެސް ނެތް ބައެއް. ސަރުކާރުންގެއްލުނު ފައިސާ އަބުރާ ނުހޯދޭނެ. އޭގެ ބޮޑުބައި އިނީ ޔާމީން އެކައުންޓުގަ. ފުއްދާނެ ގިނަވައުދުތަކެއް ނެތް. މުއިއްޒުވި ގިނަ ވައުދުދު ތަކަކީ މިހާރުވެސް ސޯލިހު ފުއްދަމުންދާ ވައުދުތައް.