ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލީ ކަމުގެ ފާހަގަ ޖަހާނީ ވައަތުގެ ކަށި އިނގިލީގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލީ ކަމުގެ ފާހަގަ ޖަހާފައި ވަނީ ވައަތުގެ ޝަހާދަތް އިނގިލީގަ އެވެ. މި ފާހަގަ ޖަހަނީ ވޯޓުލާފައިވާކަން ޔަގީންކުރުމަށެވެ. އިނގިލީގައި ޖަހާ ފާހަގަ ވަރަށް ގިނަ ދުވަހު ނުފިލާ ހުރެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރިޔާސީ އިންތިހާބު ގެ ދެވަނަބުރުގައި ވޯޓުލާ މީހުންގެ އިނގިލީގައި ޖަހާ ފާހަގަ މިފަހަރު ޖަހާނީ ވޯޓުލާ މީހުންގެ ވައަތުގެ ކަށި އިނގިލީގައި ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 17:00 އަށެވެ. މީގެ ދެވަނަ ބުރުގެ ވޯޓު ފޮށިތައް ބަންދު ކުރާ ގަޑިއަށްވެސް ވަނީ ބަދަލު އައިސްފަ އެވެ. މީގެ ކުރިން އިންތިހާބުތަުގައި ވޯޓު ލުން ބަންދު ކުރަނީ ހަވީރު 4:00 ގަ އެވެ. އެހެން ނަމަވެސް ދެވަނަ ބުރުގެ ވޯތު ލުން ބަންދު ކުރުމަށް ނިންމާފައިވަނީ ހަވީރު 5:00 ގަ އެވެ.
ކުރިނ ބުނިޔެތި ކެނސަލ. ޓިކ ލަށވަނ ޖެހޭނީ ވާތު ކަށި ިނގިލީގާ