ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހަދައިގެން މަކަރާއި ހީލަތުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތަރުކާރީ އާއި މޭވާ ރާއްޖެ އެތެރެ ކުރި ހުސައިން ޝިފާއު ހޯދަން އިއުލާން ކޮށްފައިވަނިކޮށް އޭނާ ރާއްޖެއައުމުން އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ޑޮލަރު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭ ކަމުގެ ތުހުމަތުގައި މިއަހަރުގެ އޭޕްރީލް މަހު އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެފަހުން މޭ މަހު އޭނާ ދޫކޮށްލި އެވެ. އަދި އޭނާގެ ބަންދުގެ މައްސަލަ އިސްތިއުނާފްކޮށްފައި ވަނިކޮށް ޝިފާއު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފަ އެވެ.
މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިން އާއި އެނގިހުރެ ސައްހަ ނޫން ލިޔުން ދިނުން ހިމެނޭ ގޮތަށް، ކްރިމިނަލް ކޯޓުގައި 23 ދައުވާއެއް އުފުލާފައިވެ އެވެ. ޝިފާއު ރާއްޖެއައީ އޭނާ ހޯދުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައި ވަނިކޮށެވެ. އޭނާ ހޯދުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުނީ މިދިޔަ މަހު އެވެ.
އޭނާގެ މައްޗަށް ކުރެވެނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާ 'ކިންގްޑަމް އޮފް ފުރުޓްސް' މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކެއްގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދި ކަމުގެ ތުހުމަތެވެ.
އޭނާއަކީ ޑޮލަރު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެ ފައިސާ ނުދީ، ފިލައިގެން އުޅޭކަމުގެ ތުހުމަތުގައި އޭޕްރީލް 18، 2021 ގައި ވެސް ފުލުހުން އޭނާ ހޯދަން އިއުލާންކުރި އެވެ.
އީރާނާއެކު ސުލްހައިގެ އެއްބަސްވުމުގައި މި ހަފްތާގައި ސޮއިކުރަނީ
އެމެރިކާގެ 18 އަމާޒަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް
ފެކަލްޓީ އޮފް އާޓްސްގެ ޑީންސް އެވޯޑް ހަތަރު ނޫސްވެރިއަކަށް
