ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ހަދީޖާ ނަޖީހާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ޕާކިސްތާނުގެ ސަފީރަކަށް ނަޖީހާ އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅު މިއަދު މަޖިލީއަށް ވަނީ އިއްވައިފަ އެވެ. އަދި އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.
ރާއްޖޭގެ ހާރިޖީ ދާއިރާގައި 1999 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުންދާ ނަޖީހާ ވަނީ ފޮރިން މިނިސްޓްރީގެ އެކި ވަޒީފާތަކާއި ބޭރުގެ އެކި ގައުމުތަކުގައި ހާރިޖީ ދާއިރާ އާއި ގުޅުން ހުރި މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ނަޖީހާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ އިއްޔެ އެވެ.
ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ގައުމުތަކަށް ސަފީރުން އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އިންތިހާބީ އޮފީހުން ވަނީ ފާޅުކޮށްފައެވެ. މި ހާލަތުގައި ސަފީރުން އައްޔަން ކުރެއްވުމާއި، ވަޒީފާތަކަށް މީހުން ނެގުމާއި، އައު މަޝްރޫޢުތައް ކުރިއަށް ނުގެންދިއުމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ އެދިވަޑައިގެންފަ އެވެ.
ޕާކިސްތާނުގެ ސަފީރު ކަމަށް ނަޖީހާ އައްޔަން ކުރަން ފޮނުވާފައިވާއިރު އިއްޔެވެސް ވަނީ ބަންގްލަދޭޝް އާއި ޔޫއޭއީ އަށް އާ ސަފީރުން ކަނޑައަޅަން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ފޮނުވައިފަ އެވެ.
އިސްލާމީ ގައުމަކުން ހެދުން އަޅައިގެން އޮރިޔާމުންތިބޭ އަންހެނުން ޕާކިސްތާނު ކަހަލަ ގައުމަކަށް ފޮނުވީމާ އެއީ އ.ދީނަށް ކުރެވޭ މަލާމާތެއް.