އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމްތަކާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބޭފުޅުންނާ އެކު މަޝްވަރާ ކޮށްފި އެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމްތަކާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބޭފުޅުންނާ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ ފަރާތުން ކުރިއަށްގެންދިޔަ ބައްދަލުވުން އޮތީ ރައްޔިތުންގެ މަޖިލީހުގަ އެވެ. އެބައްދަލުވުމުގައި އެމްއެންޑީއެފްގެ ބޭފުޅުންނާއި އިންތިހާބީ ރައީސްގެ އޮފީހުގެ ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުން ވެސް ބައިވެރިވި އެވެ.

މިބައްދަލުވުމުގައި ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމްތަކާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން:

އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގަ އެވެ.