ޅ. އަތޮޅުގައި މުޅިން ތަފާތު ކޮންސެޕްޓަކަށް ތަރައްގީކޮށްފައިވާ ޖާވަކަރަ އައިލެންޑްސް މޯލްޑިވްސް މިމަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މި ރިސޯޓަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ތަރައްގީކޮށްފައިވާ ރިސޯޓެކެވެ.

މިމަހު 22 ގައި ހުޅުވާ މި ލަގްޒަރީ ރިސޯޓަކީ 290 ވިލާގެ ފަސްތަރީގެ ރިސޯޓެކެވެ. ޖަވަކަރައިގެ ހާއްސަ ކަމަކަށް ވާނީ ވަކިވަކިން އޮތް ދެ ރަށެއް 700 މީޓަރުގެ ބްރިޖަކުން ގުޅާލައި، ގެސްޓުންނަށް މުޅިން ތަފާތު ތަޖުރިބާތަކެއް ވެސް ކުރެވޭ ގޮތަށް ރިސޯޓްގެ ކޮންސެޕްޓް އޮތުމެވެ.

ހުޅުވުމަށް ތައްޔާރުވަމުންދާތީ ޖަވަކަރަ ރިސޯޓްގައި ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަތުރުވެރިންނަށް ހާއްސަ ރޭޓްތަކެއްގައި ޕްރީ- ބުކިންގްސް ހެދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ޗަމްޕާ ރިސޯޓްސް އިން ބުނި ގޮތުގައި ޖަވަކަރަ އެ ކުންފުނީގެ ޕްރޮޕަޓީގެ ތެރެއަށް އިތުރުވާ ވަރަށް ފުރިހަމަ، ހިތްގައިމު އަދި މަތީ ފެންވަރުގެ އެތައް ހިދުމަތްތަކެއް ޓޫރިސްޓުންނަށް ދެވޭނެ ރިސޯޓަކަށެވެ.