ހދ. މަކުނުދޫގައި އެއްޗެއް ގޮވައިގެން ދެ މީހަކު މިއަދު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ މަކުނުދޫގައި ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ބިގްފިޝް ކުންފުނީގައި މަސައްކަތް ކުރާ އިންޑިއާގެ ދެ މުވައްޒަފުންނެވެ.
ފުލުހުން ބުނީ މަކުނުދޫ މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ގޮވައި ހިނގި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ކުރަން ޖެހޭ ތަހުގީގުތައް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
"އެއްޗެއް ގޮވާފައި ވަނީ ނަރުދަމާ މަސައްކަތް ކުރާ ސައިޓްގައި ކަމަށް ކުރިން ދެންނެވިފައި ވަނީ އެވަގުތު ލިބިފައިވާ މައުލޫމާތުގެ ކުށަކުން،" ފުލުހުން ބުންޏެވެ.
ފުލުހުން ފުރަތަމަ ބުނެފައިވަނީ އެ ހާދިސާ ހިނގީ އެ ރަށުގައި ނަރުދަމާގެ މަސައްކަތް ކުރާ އަލްޓެކް ކުންފުނީގެ ސައިޓްގައި ކަމަށެވެ. އެކަމަކު، އެ ކުންފުނިން އެކަން ވަނީ ދޮގުކޮށްފައެވެ.
އޮފިޝަލް ވިދާޅުވީ ގޭސް ސިލިންޑަރު ގޮވުމުގެ ސަބަބުން އަލްޓެކް ކުންފުނީގެ ގުދަން ވެސް އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.
"އަލްޓެކްގެ ނަރުދަމާ ސާމާނު ބަހައްޓާފައި ހުންނާނީ އެ ގުދަނުގައި. އެ ތަނުގައި އެއްޗެއް ގޮވައިގެން ނޫޅޭ. އެކަމެއް ހިނގީ ޖެހިގެން ހުރި ބިގް ފިޝް ސައިޓްގައި. އަދި މި ހާދިސާގައި މަރުވެފައި ވަނީ ބިގް ފިޝްގެ އިންޑިއާ ދެ މީހުން،" އޮފިޝަލް ވިދާޅުވި އެވެ.
ބިގްފިޝްއަކީ ނެޝަނަލް ކޮންޓްރެކްޓާރސް ރަޖިސްޓްރޭޝަންގަ ބިންހިއްކުމުގެ މަސައއކަތަށް ރަޖިސްޓަރީވެސް ވެފަ ވާ ބައެއްނޫން. ދައުލަތުގެ ބިންހިއްކުމުގެ މަސައްކަތް ހަވާލު ކުރެވޭނީ ޓެންޑަކޮށްގެން ކަމަށްވެފައި އެން ސީ އާރު ނަހަދާ ބަޔަކު ކޮލިފައިވީގޮތެއްވެސް އޮންނަންވާނެ. އިސާހިތަކު ބުރިޖުއަޅަން ބައްޗު ހޮޓަލާވެސް ހަވާލުކޮށްފާނެ.