ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރްމާއާއި އޭނާގެ ފިރިމީހާ ވިރާޓް ކޯލީއަށް ދެވަނަ ދަރިއަކު ލިބެން އުޅޭ ކަަމަށް ދެކެވޭ ވާހަކަތަކުގެ އަޑު އަނެއްކާވެސް ގަދަވެއްޖެ އެވެ.

އަނުޝްކާ ބަނޑުބޮޑުކަމަށް އެންމެ ފުރަތަމަ ވާހަކަ ދެކެވެން ފެށީ މިފަހުން އިންޑިއާއާއި ޕާކިސްތާން ބައްދަލުކުރި ކްރިކެޓް މެޗް ބަލަން ދިޔަ ފަހުންނެވެ.

އޭރު އޭނާ ލައިގެން ހުރީ ވަރަށް ދޫ ހެދުމެކެވެ. އެހެންކަމުން އެއީ އޭނާގެ ބަނޑު ފޮރުވަން ވެގެން ކުރި ކަމެއް ކަމަށް އާއްމުން ބުނަމުންދިޔަ އެވެ.

އެއަށްފަހު އެންމެ ފަހުން އަނުޝްކާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއަކާއެކު އެ އަޑުތައް އަނެއްކާވެސް މިވަނީ ގަދަވެފަ އެވެ. އެ ވީޑިއޯގައި ވެސް އޭނާ ބަނޑުބޮޑުހެން ހީވެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އަނުޝްކާ މިހާރު ހޭދަކުރަމުންދަނީ އޭނާގެ ދެވަނަ ޓްރިމިސްޓާގެ ދުވަސްތަކެވެ. ވަރަށް އަވަހަށް އެ ދެމަފިރިން އެކަން އިއުލާން ކުރާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

2018 ވަނަ އަހަރު ކައިވެނިކުރި ވިރާޓްއާއި އަނުޝްކާއަށް އެދެމީހުންގެ އަލަތު ދަރިފުޅު ވަމިކާ ލިބިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ.