އިޒްރޭލަށް ތާއިދުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން އަންނަ އަޒުލީނަށް މަގުމަތިން ބަޔަކު ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
އޭނާއަށް ހަމަލާދީފައި ވަނީ އަމީނީ މަގުން ފެން ބިލްޑިން ކައިރިންނެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ އަށް ލިބުނު ޒަހަމްތަކާ ގުޅިގެން މަގުމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ.
އޭނާ މިހާރު ވަނީ ފެން ބިލްޑިން ކުރިމަތީ ހުންނަ ފުލުހުންގެ އިދާއަށް ވައްދައިފަ އެވެ. އެ ސަރަހައްދަށް މީހުން އެއްވެ އޭނާ އެތަނުން ނެރުމަށް ދަނީ ގޮވާލަމުންނެވެ.
އޭނާ އަންނަނީ އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކަށް ތާއިދުކޮށް އަދި އިޒްރާއީލުގެ ލާއިންސާނީ ހަމަލާތައް ދިފާއުކޮށް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.
އެހެން ނަމަވެސް މިފަހުން އޭނާ ވަނީ އެ ވާހަކަތަކަށް ދިވެހީންގެ ކިބައިން މާފަށް އެދި ސޯޝަލް މީޑިއާގައި އެކަން ހާމަކޮށްފަ އެވެ. އެހެން ނަމަވެސް އިޒްރޭލު މީހުންނަށް ރާއްޖޭގައި ފުރުސަތުތައް އޮންނަ ކަމަށް އޭނާ ބުނެފައިވެ އެވެ.
އެޗްޓީއެސް ޖަމާއަތް ރާއްޖޭގެ ޓެރަރިސްޓް ލިސްޓުން އުނިކޮށްފި
މި މަހު މަރުވި ދެ ގައިދީންގެ އޮޓޮޕްސީ ހަދަނީ
އެމްޑީޕީ ކެމްޕޭން ލޯންޗު ކުރުން މި މަހުގެ 12 ގައި
