ނުހައްގުން އެއްވެސް މީހަކަށް ފްލެޓް ނުދޭނެ ކަމަށާއި ފޯމްތައް ބަލާ ޔަގީން ކުރުމަށްފަހު އޮޅިގެންވިޔަސް ނުހައްގުން މީހަކަށް ފްލެޓްއެއް ދެވިފައިވާ ނަމަ ފްލެޓް އަނބުރާ އަތުލާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 4000 ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވާއިރު ޕްއިންޓު ދީފައިވާގޮތާމެދު ވަރަށް ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ވިދާޅުވީ އެއްވެސް މީހަކަށް ނުހައްގުން ފްލެޓެއް ނުދޭނެ ކަމަށެވެ.
ފްލެޓް ދޭއިރު އެމީހަކު ދީފައިހުރީ ސައްހަ މައުލޫމާތުތޯ ކަށަވަރު ކުރާނެ ކަމަށް އަކުރަމް ވިދާޅުވި އެވެ. އަދި ފޯމާއެކު އިގުރާރެއްގައި ސޮއި ކުރުވާފައިވާ ކަމަށާ ސައްހަ ނޫން މައުލޫމާތެއް ދީފައިވާނަމަ އެމީހަކު ޒިންމާވާން ޖެހޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. މިހާތަނަށް ބެލި ބެލުމުން އެއްވެސް ފޯމެއްގައި ސައްހަނޫން މައުލޫމާތެއް ހުރިކަން ފާހަގަ ކުރެވިފައިނުވާ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ޝަކުއާއަށް ހުޅުވާލުމުން ލިބޭ ޝަކުވާތަކަށް ބަލާ އެއްވެސް މީހަކަށް ނުހައްގުން ނނުވަތަ އޮޅިގެންވެސް ދޭން ނުޖެހޭ މީހަކަށް ފްލެޓް ދެވިފައިވާ ނަމަ އަނބުރާ އަތުލާނެ ކަމަށެވެ.
ދިނީ ދޮގު މައުލޫމާތު ކަމަށް ވާ ނަމަ އެކަމަށް ފިޔަވަޅު އަޅައި ފޯމު ބާތިލް ކުރާނަން، ޔަގީނުންވެސް މާކްސް ބަދަލެއް ނުކުރެވޭނެ. ނުހައްގު ބަޔަކަށް ދޭން ނުޖެހޭ ބަޔަކަށް ދެވިފައިވާނަމަ އަނބުރާ އަތުލާނަން" އަކްރަމް ވިދާޅުވި އެވެ.
މީގެއިތުރުން އަކުރަމް ވިދާޅުވީ ފްލެޓްދީފައިވަނީ އެއްވެސް ނުފޫޒެއް ނެތި ހަމަހަމަކޮށް ކަމަށާ ނުހައްގުން ފްލެޓް ދިން ކަމަށް ބަޔަކު ދައްކަން އުޅުނަސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ވަކި ބަޔަކު އެކަން ކުރަނީ ސަރުކާރުގެ އަގުވައްޓާލަން ކަމަށްވެސް އަކުރަމް ވިދާޅުވި އެވެ.
ޢެއްވެސް ތަނެއްގަ ބޯހިޔާވަހިކަމެއްނެއް މީހުންނަކީިތޯ ހައްގުނުވާންވީމީހުން ހިޔާފުލެޓްލިބި ފިރިމީހާގެ ގެކުއްޔައްދީ މިފަހަރުމިފުލެޓުން ފުލެޓުލިބި 18އަހަރުން ދަށުގެ 1ކުއްޖަކުހުރެފަ 18އަހަރުން މަތީގެ 1ކުއްޖަކުހުރިމީހާ ސަރުތުއެންމެބޮޑައް ހަމަވަނީ 18 އަހަރުން ދަށުގެ 3 ކުދިންހުރިމީހާ އައްލިބުނީ މަދުން ޕޮއިންޓު މިއީވެސް ހަމަ އެންމެއިންސާފުވެރިގޮތްތޯ ބޯހިޔާވަހިކަމަކީ އެންމެނައްލިބިގެންވާ އަސާސީހައްގެއް ތަންތަން ލިބިފަތިބިމީހުންގެ އެކަނިހައްގެއްނު ކިތައްމެވަރަކައް އިންސާފުވެރިއޭބުންޔަސްއެކަމެއްގަބޫލެއްނުކު