ހުމާއި ރޯގާ އަށް ބޭނުން ކުރާ ސިޓްރިޒަން ސިރަޕްގައި ކެމިކަލް މާއްދާއެއް ހުރުމުން، އެ ބޭސް ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.
އެމްއެފްޑީއޭއިން ބުނެފައި ވަނީ ކެމިކަލް މާއްދާއެއް ހުރީ ސިޓްރެޒަން ސިރަޕްގެ ބެޗް ނަންބަރު B220 ގެ އެ ބްރޭންޑުގެ 5ML ބޭސް ފުޅިތަކުގައި ކަމަށެވެ.
ކެއްސުމާއި ހުމާ ރޯގާ އަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް 2022 ވަނަ އަހަރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެލާޓް ނެރެފައިވާ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
މި އަހަރުގެ މިހާތަނަށް 10 ސާމްޕަލް މާކެޓުން ނަގައި ސްކްރީން ކުރިއިރު، ޕާކިސްތާނުގެ ފާމިކްސް ލެބޮރަޓޮރީން އުފެއްދި މިބޭހުގައި ކެމިކަލް ހުރިކަން ފަހަގަވެފައިވާ ކަމަށްވެސް އެފްޑީއޭއިން ބުނެ އެވެ. މިބްރޭންޑްގެ އިތުރު ސާމްޕަލްތަކެއްވެސް ނަގާފައިވާ ކަމަށަ އެހެން ނަމަވެސް ރާއްޖެއިން އޭގެ ސާމްޕަލް ހެދެން ނުތުމުން ބޭރަށް ފޮނުވަފައިވާ ކަމަށް އެފްޑީއޭއިން ބުނެ އެވެ.

ރ. ވާދޫން އެކަނި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިއްޖެ
ބޮލީވުޑް ދޫކޮށްލަން އާމިރު ނިންމީ މިހެންވެ!
ޕީއެންސީއާ ދެކޮޅުވުމުން ޕީއެންސީ ފެނަކަ މުވައްޒަފަކު ސަސްޕެންޑު
