ބޮލީވުޑް އެކްޓްރެސް އަނުޝްކާ ޝަރްމާގެ އެންމެ ފަހުގެ ފެނިލުމާއެކު އޭނާ ބަނޑުބޮޑު ކަމަށް ދެކެވޭ ވާހަކަތަކަށް އިތުރު ބާރެއް ލިބިއްޖެ އެވެ.

ފިރިމީހާ ވިރާޓް ކޮލީގެ ވޯލްޑް ކަޕް މެޗެއް ބަލަން ބެންގަލޫރަށް ދިޔަ އަނުޝްކާ ވަނީ މެޗުގެ ފަހުން ވިރާޓްއާއެކު ފެނިފަ އެވެ. އެ ވަގުތު އޭނާ ހުރީ ބަނޑުގައި ފިރުމާށެވެ.

ގަޔަށް ދޫ ހެދުމެއް ލައިގެން ހުރުމުން ބަނޑުބޮޑުކަން ސީދާ ބުނަން ނޭނގުނު ނަމަވެސް އަނުޝްކާގެ ހަރަކާތްތަކުން އޭނާ ބަނޑުބޮޑުކަން އެނގޭ ކަމަށް އާއްމުން އަންނަނީ ބުނަމުންނެވެ.

ދެވަނަ ދަރިފުޅަށް އަނުޝްކާ ބަނޑުބޮޑުކަމަށް އިންޓަނެޓާއި ނޫސްތަކުގައި ވާހަކަ ދެކެވެމުން އަންނަތާ ދުވަސްތަކެއް ވެފައިވީނަމަވެސް އޭނާ އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

2018 ވަނަ އަހަރު ކައިވެނިކުރި އަނުޝްކާއާއި ވިރާޓް ކޯލީއަށް އެމީހުންގެ އެންމެ ފުރަތަމަ ދަރިފުޅު ވަމިކާ ލިބިފައިވަނީ 2021 ވަނަ އަހަރު އެވެ.