އޮމާންކަމާ އެކު ވެރިކަން ބަދަލުވެގެންދިޔަ މިއީ ފުރަތަމަ ފަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވި ވާހަކަތައް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދޮގުކުރައްވައިފި އެވެ.

ރައީސް ޞޯލިހުގެ ވާހަކަތައް ދޮގުކުރައްވައި ކުރީގެ ރައީސް ވާހަކަދެއްވީ މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެމުނާ ސަބަތާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާ ރައީސް ޞާލިހު ދެއްވި ހިތާބާ ގުޅިގެންނެވެ.

މިއަދު ގައުމާ މުހާތަބު ކުރައްވާ ދެއްވި ހިތާބުގައި ރައީސް ޞާލިހު ވިދާޅުވީ ގިނަ ޕާޓީތަކެއް އެކުލެވޭ ސިޔާސީ ނިޒާމަކަށް ރާއްޖެ ބަދަލުވިފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މިދަނީ މިފަހަރު އެކަނި ކަމަށެވެ.

"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާ އެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން." ރައީސް ޞާލިހު ވިދޅާުވި އެވެ.

ރައީސްގެ އެވާހަކަތަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން ވިދާޅުވީ 1968 ވަނަ އަހަރުންފެށިގެން ހުރިހާ ފަހަރަކުވެސް ވެރިކަން ބަދަލުވަމުން އައސްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއެކު ކަމަށާ މިފަހަރު އެކަނި ނޫން ކަމަށެވެ.

މިމަހުގެ 17 ވަނަ ދުވަހު ހަވީރު އާ ރައީސް ހުވާކުރައްވާއިރު މިހާރު ކުރިއަށް މިދާ އިންތިގާލީ މަރުހަލާގައި ސަރުކަރު ބަދަލުވުމުގެ ކަންކަން އއަމާންކަމާ އޮމާންކަމާ އެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވެސް ވަނީ އިންތިގާލީ އޮފީހަށް ދީފައެވެ. އިންތިގާލީ ކަންކަން ވިލަރެސްކުރުމަށް، ރައީސް ޞާލިހްގެ ފަރާތުން ވެސް ވަނީ ހާއްސަ ކޮމިޓީއެއް ހަމަޖައްސަވައިފަ އެވެ.

އިންތިގާލީ މަރުހަލާގެ ހުރިހާ ކަމެއްވެސް ކުރިއަށް ގޮސްފައިވަނީ އަމާންކަމާއޮމާން ކަމާ އެކު ކަމަށް ރައީސް ވެސް ވިދާޅުވެ އެވެ.