ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އިލޮން މަސްކުގެ ހަ

ޔާތުގެ މައްޗަށް ފިލުމެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިލޮން މަސްކުގެ ހަޔާތުގެ މައްޗަށް ހަދާ މިފިލްމު ހަދަން ނިންމާފައި ވަނީ މިދިޔަ ސެޕްޓެމްބަރު ލިޔުންތެރިޔާ ވޯލްޓާ އިސާކްސްސަން ނެރުނު ބައޮގްރަފީ "އީލޮން މަސްކް" އަށް ބިނާކޮށެވެ.

މި ފިލްމު ހަދާކަން އިލޮން ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި ކަށަވަރުކޮށްދީފަ އެވެ. އަދި މިފިލްމު ޑައިރެކްޓްކުރަނީ މަޝްހޫރު ޑައިރެކްޓަރު ޑެރެން އެފްރޮނޯސްކީ ކަމަށްވެސް އިލޮން ވަނީ ބުނެފަ އެވެ.

ޑެރެން އެފްރޮނޯސްކީ "ބްލެކް ސްވޯން" އާއި "ނޯއާ" އަދި "މަދާ" ފަދަ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ.

ރިޕޯޓްތައް ބުނީ އެ ފިލްމު ހަދަން އިލޮންގެ ބައޮގްރަފީގެ ރައިޓްސް ގަނެފައި ވަނީ ހޮލީވުޑްގެ ކުރިއަރަމުން އަންނަ ސްޓޫޑިއޯ، އޭޓުޒީން ކަމަށެވެ.

މިފިލްމްގައި ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ ދިރިއުޅުމުގެ ބޮޑު ބައެއް ދައްކައިދޭނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ފިލްމް ފިލްމުގައި އިލޮންގެ ރޯލު ކުޅެނީ ކާކު ކަމެއް އަދި ނޭނގެ އެވެ.

އިލޮން އަކީ ލަގްޒަރީ ކާރު ބްރޭންޑް، ޓެސްލާ އާއި ޖައްވީ ކުންފުނި، ސްޕޭސް އެކްސް އާއި ކުރީގެ ޓްވިޓާ އަދި މިހާރުގެ "އެކްސް"ގެ ވެސް ވެރިއާ އެވެ.