ކުރު ދަތުރެއްގައި މިވަގުތު އިންޑިއާއަށް ގޮސް ހުރި ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ ޝަރަފުގައި ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ، ވިޔަފާރިވެރިޔާ އާނަންދު އަހޫޖާ ކުލަގަދަ ހަފްލާއެއް ބާއްވައިފި އެވެ.
މުމްބާއީގައި މިދިޔަ ބުދަ ދުވަހު ބޭއްވި އެ ހަަފްލާގައި ބޮލީވުޑްގެ މަޝްހޫރު ތަރިންގެ އިތުރުން އިންޑިއާގެ ކުޅިވަރު ދާއިރާއިން ފާހަގަ ކޮށްލެވޭ ބައެއް ފަރާތްތައް ވެސް ބައިވެރިވެފައިވެ އެވެ.
އޭގެ ތެރޭގައި ސޯނަމްގެ ބައްޕަ އަނިލް ކަޕޫރާއި ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖްޕުތު އަދި މަަލައިކާ އަރޯރާ ފަދަ ތަރިން ހިމެނެ އެވެ.
ބޮލީވުޑްގެ ތަރިންނާއެކު ބެކަމް ރޭގަނޑުގެ ކެއުމަކަށް އިންސާފުކުރިއިރު އޭގެ ކުރިން އޭނާ ވަނީ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުގައި އިންޑިއާއާއި ނިއުޒިލެންޑް ބައްދަލު ކުރި މެޗު ސްޓޭޑިއަމްގައި އިިނދެގެން ބަލާފަ އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ބެކަމް ބުނީ މިއީ އޭނާ އިންޑިއާއަށް އައި ފުރަތަމަ ފަހަރު ކަމަށާއި ވިރާޓް ކޯލީފަދަ ކުޅުންތެރިޔަކު ކުޅޭ މަންޒަރު ހަމަލޮލުން ބަލާލަން ލިބުމަކީ ލިބުނު އުފަލެއް ކަމަށެވެ.