މާލޭގައި މިރޭ މީހެއްގެ ކަރަށް ވަޅި ހަރައިފި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ މާފަންނު އަސަރީ ގޯޅީގަ އެވެ. އެ މީހާއަށް ހަމަލާދިނުމަށްފަހު އެ މީހުން ވަނީ އެތަނުން ފިލައިފަ އެވެ.
މަންޒަރު ދުށް މީހަކު ބުނީ އެ ހަމަލާދީފައި ވަނީ އެ މީހާ މަގުމަތިން ހިނގާފައިދަނިކޮށް ކަމަށެވެ. އަދި އެ ހަމަލާ ދިނުމުން ލޭ ފައިބަމުންދިޔަ ތަނުގައި ފޮތިގަނޑެއް އަޅައިގެން ހުރިތަން ވެސް ފެނުނު ކަމަށް އެ މީހާ ބުންޏެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ވަޅި ހެރުމުން ޒަހަމްވެފައި ވަނީ ދިވެއްސެކެވެ. ފުލުހުން ވަނީ އެ މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
މާލެ ކައިރީގައި އޮތް މަސް ދޯންޏެއްގައި ރޯވެ އަނދަނީ
މަސްދޯނީގައި ރޯވި ހާދިސާގައި އަނިޔާވި 5 މީހަކަށް ފަރުވާދެނީ
ވިލާއިން ރ. އަތޮޅުގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓް ހުޅުވަނީ