ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސް އޮފީހުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރައްވައިފި އެވެ.

މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ މިކަމަށްޓަކައި މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގަ އެވެ. އެގޮތުން، މިރޭ އައްޔަނު ކުރެއްވި ބޭފުޅުންނަކީ

  1. ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް- ޢަބްދުއްރަޙީމް ޢަބްދުﷲ
  2. ޗީފް އޮފް ސްޓާފް- ޢަބްދުالله ފަޔާޒ
  3. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް- އަލީ އާރިފް
  4. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް- ޢަބްދުﷲ ނާޞިރު
  5. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް- އާދަމް ރަމީޒް
  6. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން- އިބްރާހީމް ހަލީލް
  7. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ލީގަލް އެފެއާޒް- އަހްމަދު ޙިޝާމް ވަޖީހު
  8. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ- ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަތީފް
  9. ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް- މުހައްމަދު ނަސީރު
  10. ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް- އަހަމަދު ޢަލީ ހަބީބް
  11. ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް- މުހައްމަދު ޝާހިދު
  12. ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ސާވިސަސް- ޙުސައިން ޢާމިރު
  13. ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް- އައްބާސް ޝަރީފް
  14. ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ- ޑރ. ޢާއިޝަތު އިކްރާމް
  15. ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް- މުހައްމަދު ޢަލީ ޖަނާޙް
  16. އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް- މުހައްމަދު ހަލީލް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމާއި، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ގޮތުގައި ހަމަޖެއްސެވި ބޭފުޅުންނަކީ އެއްވެސް މުސާރައެއް އިނާޔަތެއް ނުނަންގަވާގޮތައް ހަމަޖައްސަވާފައިވާ ދެ ބޭފުޅުންނެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް އޮފް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމަށް މުޙައްމަދު ޝަހުދީ ހަމަޖައްސަވާފައެވެ.