މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގައި ޗޭންޑްލާގެ ރޯލުން ފެނިގެންދިޔަ މެތިއު ޕެރީގެ ހަނދާނުގައި އެޝޯގެ ކޮފީ ޝޮޕް "ސެންޓްރަލް ޕާކް"ހުޅުވަން ނިންމައިފި އެވެ.

ފްރެންޑްސްގެ ކެރެކްޓަރުން އާއްމުކޮށް ވަގުތު ހޭދަކުރާ އެ ކޮފީ ޝޮޕްއަކީ އެ ޝޯގެ އެންމެ މުހިއްމު އެއް ހިއްސާ އެވެ. އެއީ ގިނަ ސަޕޯޓަރުންނަށް ވެސް ފާހަގަވާ ތަނެކެވެ.

ހަގީގީ ދިރިއުޅުމުގައި "ސެންޓްރަލް ޕާކް" ހުޅުވޭނެ ކަމަށް ވާހަކަ ދެކެވޭތާ އަހަރުތަކެއް ވެއްޖެ އެވެ. އެންމެ ފަހުން އެ އަޑުތަކުގައި ހަގީގީ ކުލަ ޖެހިފައި މިވަނީ މެތިއުގެ މަރަށް މަހެއް ވާން ކައިރިވެފައި ވަނިކޮށެވެ.

ދާއިމީކޮށް ހުޅުވޭ "ސެންޓްރަލް ޕާކް"ގެ ފުރަތަމަ ކޮފީ ޝޮޕް ހުޅުވަން ހަމަޖެހިފައިވަނީ މި ހަފްތާގެ ތެރޭގައި އެމެރިކާގެ ބޮސްޓޮންގަ އެވެ. އެ ކޮފީ ޝޮޕަށް އާއްމުންނަށް ވެސް ވަދެ އުޅެވޭނެ އެވެ.

"ސެންޓްރަލް ޕާކް" ކޮފީ ޝޮޕް ފަރުމާ ކުރެވިފައިވާނީ ޝޯގައި ވެސް އެ ކޮފީ ޝޮޕް ފެނުނު ގޮތަށް އެ ސިފަތަކަކާއެކު ކަމަށް ހަބަރުތައް ބުނެ އެވެ.

މެތިއު ޕެރީ މަރުވެފައިވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ލޮސް އެންޖެލެސްގައި އޭނާ އުޅުނު ގޭގެ ބިލިގާއެއްގެ ތެރެއިންނެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވީ ގެނބިގެންނެވެ.