ޖުމްހޫރީ ޕާޓީ އުވާލުމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަޝްވަރާކުރައްވަން ފައްޓަވައިފި އެވެ.
ޖުމްހޫރީ ޕާޓީ އުވާލުމަށް ގާސިމް މަޝްވަރާކުރައްވަމުން ގެންދަވާއިރު ޖޭޕީގެ މެމްބަރުން މިވަގުތު ވެރިކަން ކުރާ ޕީއެންސީ އަށް ބަދަލުވުމަށް ވެސް އޭނާ މަސައްކަތްކުރައްމުން ގެންދަވާ ކަމަށް އެނގިފައިވެ އެވެ.
ގާސިމް ވަނީ އެ މަޝްވަރާތައް ޕީއެންސީގެ އިސްވެރިންނާއެކު ދާދިފަހުން ސަން އައިލެންޑްގައި ވެސް ކުރައްވައިފަ އެވެ.
ގާސިމްގެ އެ ނިންމެވުމާމެދު ކައުންސިލްގެ މެޖޯޯރިޓީ މެމްބަރުން ދެކޮޅު ކަމަށް ވެސް އެނގިފައިވެ އެވެ.
ޖުމްހޫރީ ޕާޓީ އުވާލަން ވިސްނުން އެބަ ހުރިކަމަށާއި ރޭގައި ބޭއްވި ޖޭޕީ ކައުންސިލަށް އެކަން ހުށަހެޅުއްވި ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު ވަނީ ހުރިހާ އަށް ޔަގީން ކޮށްދެއްވާފަ އެވެ. އެހެން ނަމަވެސް އެކަމަށް ރޭގައި ބަހުސް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހާ ބައެއް ނޫސްވެރިން ސުވާލުކުރަން ފެށުމުން އޭނާ ވަނީ ޖޭޕީ އުވާލުމުގެ މަޝްވަރާއެއް ނުކުރާ ކަމަށް ބުނެ އެކަން ދޮގުކޮށްފަ އެވެ.
ރިޔާސީ އިންތިހާބަސް ފަހު ޖުމްހޫރީ ޕާޓީގެ އަޑު ވަނީ އެއްކޮށް ކެނޑިފަ އެވެ. ރިޔާސީ އިންތިހާބުގައިވެސް ޖޭޕީގެ އަޑެއް މާބޮޑަކަށް ނީވެ އެވެ. މީގެ ކުރިން އިންތިހަބުތަކުގައި ޖޭޕީން ދެއްކި ފޯރިއެއް ވެސް ނެތެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތީ ފަސް ހާހެއްހާ ވޯޓެވެ.
ލ. ލިންކް ރޯޑްގައި މީހަކު މަރުވި މައްސަލާގައި ނައުސާން ޖަލަށް
"ޖޭމްސް ބޮންޑް"ގެ ގޮތުގައި ދެން ފެންނާނީ ކޮން ތަރިއެއް؟
ހެނދުނު ބަނޑުހައި ނުވުމަކީ ހަކުރު ބަލީގެ އަލާމާތެއް ތަ؟
