ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އިން އެކުގައި ވާދަކުރަން މިރޭ ނިންމައިފި އެވެ.
މަޖިލިސް އިންތިހާބުގައި ދެ ޕާޓީ އިން އެކުގައި ވާދަކުރުމަށް ނިންމީ މިރޭ ބޭއްވި ޕީޕީއެމް ސެނެޓް ބައްދަލުވުމުގަ އެވެ. މަޖިލިސް އިންތިހަބުގައި ދެޕާޓީއެކުގައި ވާދަކުރުމަށް ސެނެޓްގެ ހުރިހާ މެމްބަރުން ވަނީ އިއްތިފާގުވެފަ އެވެ.
ޕީޕީއެމް/ޕީއެންސީ މަޖިލިސް އިންތިހާބަށް އެކުގައި ނިކުންނަން ނިންމި އިރު އެޕާޓީގެ ރައީސް ޔާމިން ވަނީ ޕީޕީއެމް އިން ވަކިވެވަޑަިއގެން އާސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ތެރެގައި މައްސަލަޖެހި ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެ އާޕާޓިއެއް އުފައްދަވަން މަސައްކަތް ކުރާ އިރު މަޖިލިސް އިންތިހާބުގައި ދެޕާޓީ އެކުގައި ވާދަ ކުރާނެ ކަން ވަނީ ކުރިންވެސް އިއުލާން ކޮށްފަ އެވެ. އެހެން ނަމަވެސް މިއިން އެއްވެސް ކަމެއްގައި ޕާޓީގެ ރައީސްގެ މަގާމުގައި ޔާމީން ހުންނެވި އިރު އެމަނިކުފަނުގެ ހިޔާލާ މަޝްވަރާއެއް ޕާޓީގެ ލީޑާޝިޕް ބޭފުޅުން ނުހޯއްދަވަ އެވެ.
ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތް މައިގަނޑު ސަބަބަކީވެސް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްއާ މެދު ހިޔާލު ތަފަތުވުން އުފެދި ލީޑާޝިޕްގެ ބޭފުޅުން ޔާމީންގެ މަޝްވަރާ ބޭނުންނުކުރާތީ އެވެ.
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މީޑިއާނެޓް ވީޑިއޯކްލަބް ހިލޭ
އެމެރިކާގެ ޖާސޫސީ މަރުކަޒް އަލް ދަފްރާއަށް އީރާނުން ހަމަލާދީފި
ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް: މެންބަރު މައުރޫފު
