ޝަރުތު ހަމަނުވާ ބަޔަކަށް ފުލެޓާއި ގޯތި ދީފައިވާ ކަމަށް ބުނެ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަނީ ސިޔާސީ ތުހުމަތުތަކެއް ކަމަށް ފްލެޓް ކޮމެޓީގެ ޗެއާމަން އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
އަކުރަމް މިހެން ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓާއި ގޯތި ދިނުމަށް ހިންގި މަޝްރޫއުގައި ޝަރުތު ހަމަނުވާ މީހުންނަށްވެސް ގެދޮރުވެރިޔާ ޕޯޓަލްގެ ތެރެއިން މާކްސް ދީ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް އޭސީސީ އިން މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ބުނުމާ ގުޅިގެންނެވެ.
އަކުރަމް ވިދާޅުވީ ޝަރުތު ހަމަވާކަށް، މާލޭގައި ވަޒީފާ އަދާކުރާ ފަރާތަކަށް ވާކަށް ނުޖެހޭ ކަމަށާއި ރަށެއްގައި ނުވަތަ ރިސޯޓެއްގައި ކޮންމެ ވަޒީފާއެއް އަދާކުރިނަމަވެސް އެފަރާތުގެ އަނބިދަރިން މާލޭގައި ދިރިއުޅޭނަމަ ޝަރުތު ހަމަވާނެ ކަމަށެވެ.
ޝަރުތުހަމަ ނުވާފަރާތަކަށް ގިނައިން ޕޮއިންޓް ދީގެން ޝަރުތު ހަމައެއް ނުކުރެވޭނެ ކަމަށާއި އޭސީސީ އިން ކުރާ ތުހުމަތުތަކަކީ ސިޔާސީ ކުލަޖެހިފައިވާ ތުހުމަތެއް ކަމަށް އަކުރަމް ވިދާޅުވި އެވެ. އެކަން ރަނގަޅަށް ތަހުގީގު ނުކޮށް އެހެން ހާމަކުރުމަކީ ސިޔާސީ ކުލަޖެހުން ކަމަށް އަކުރަމް ވިދާޅުވި އެވެ.
އަކުރަމް ވިދާޅުވީ ސިސްޓަމް ސްކޯ އަކާ ވެރިފިކޭޝަން ސްކޯއެއް ނީންނާނެ ކަމަށާއި ސިސްޓަމުން ދައްކަނީ އެޕްލިކަންޓް ނަގާ އޮޕްޝަން ކަމަށެވެ. އަދި ވެރިފައި ކުރަނީ ފޯމުގަ ދީފައިހުރި މައުލޫމާތައް ބަލައި އޮޕްޝަން ނަގާފައި ވަނީ ރަނގަޅަށްތޯ ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ޕޯޓަލް ފަރުމާކޮށްފައި ވަނީ އިން ފްލެޓަށް އެދި ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުންތަކެއް އެއް ކުރުމަށް ފަހު އޮޓޯ އިން މާކްސްތައް ޖެނެރޭޓްވާ ގޮތަށް ކަމަށެވެ. އެހެންވެ ޕޯޓަލްގެ ތެރެއިން ޕޮއިންޓު އިތުރުކޮށްފައިވާ ކަމަށް ސަލާމް ވިދާޅުވި އެވެ.
ސަލާމް ވިދާޅުވީ ހުށަހަޅާ ލިޔެކިޔުންތަކުން ޝަރުތު ހަމަނުވާ ކަމަށްވާނަމަ ޝަރުތު ހަމަނުވާ ކަމަށް ސިސްޓަމުން އޮޓޯއިން ޖެނެރޭޓު ވާނެ ކަމަށެވެ. އެހެން ނަމަވެސް އެޕްރޫވަލް ލެވެލްއިން ޝަރުތު ހަމަވާ ކަމަށް ބަދަލުކޮށްފައި ހުންނަކަން ފާހަގަވާ ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ.
ފްލެޓްތަކަށް ހުށަހެޅި ފޯމުތައް އިވެލުއޭޓް ކުރިއިރު، ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ބުނެ ފްލެޓް ދިނުމުގެ ކަންކަން އޭސީސީއިން މީގެ ކުރިން ވަނީ ހުއްޓުވާފަ އެވެ.
މިވަރަށް މާލޭގައި މާރާމާރީ އާއި ވައްކަން ގިނަ މިވީ ސީދާ މުއިއްޒު ވެރިކަމަށް އައިފަހުންނޭ އެހެންވެ އެކްސިޑެންޓް ތައް ވެސް ގިނަވެގެން މިއުޅެނީ ދާޚިލީ ވަޒީރާއި ޓްރާންސްޕޯރޓް މިނިސްޓަރު އިސްތިއުފާ ޕޮލިސް ކަމިޝަނަރު އިސްތިއުފާ މިއިން އެގިގެންދަނީ މާލޭގެ މަގުތައް ބެލެހެއްޓުމުގައި ދާޚިލީ ވަޒީރު ފެއިލްވެފައިވާ ކަމަށޭ ބަލަގަ މާލެ ތެރެ ބަލަހައްޓަން 500 ފުލުހުން ނެރޭނަމޭ ކިޔާ މެނިފެސްޓޯ ގައި ލިޔެގެން އެކަން ވެސް ނުކޮށް ސަރުކާރުގެ މުސާރަ ބަނޑުއަޅައިގެން ތިބެނީއޭ މުއިއްޒު އިސްތިއުފާ ދާޚިލީ ވަޒީރު އިސްތިއުފާ