މި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުން ކަމުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މުއިއްޒު ޔޫއޭއީ އަށް ވަޑައިގެންފައިވަނީ މިއަދު ފެށުމަށް ހަމަޖެހިފައިވާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ދުބާއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ އަޑުއަހައިގެންކަމުގައި ވިދާޅުވި އެވެ. އަދި ކަންކަން ބައްޓަންކޮށް، ނިންމުންތައް ނިންމާނީ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެފަދަ ގޮތަކަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެގޮތުން ކޮންމެ ގައުމެއްގައި ތިބި ދިވެހިންނަށް ވެސް، ދިވެހި ސަރުކާރުގެ ފަރާތުން މިހާރަށްވުރެ ރަނގަޅަށް ކަންކަން ކޮށްދިނުމުގެ ސިޔާސަތު މި ސަރުކާރުން ގެންގުޅުއްވާކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ޚާރިޖީ މިޝަންތަކުގެ މަސައްކަތްތައް ބައްޓަން ކުރާނީ އެ ގައުމެއްގައި ތިބި ދިވެހިންގެ ކަންކަމަށް، ސަމާލުކަން ދީގެންކަމަށާއި، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރާނެ ގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ހަމަ އެއާއެކު މި ސަރުކާރުން ގައުމަކަށް އާ ސަފީރެއް ހަމަޖައްސާއިރު ކުރިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެ މީހެއް ހަމަޖައްސާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ރޭގެ ބައްދަލުވުމުގައި ރައީސް ވަނީ، މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކަށް އޮތީ ގައުމިއްޔަތު ދިރުވައި އާލާކުރުންކަމުގައި ވިދާޅުވެފަ އެވެ. އަދި މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށް ވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އިސްލާމްދީނުގައި ހުރިކަންކަން ދަސްކޮށްދީ، އިސްލާމްދީނުގައި އޮންނަ ރީތި ހަމަތަކުގެ މަތީގައި ކުދިން ބޮޑުކޮށް، ހަރުދަނާ އަގީދާއެއް ގާއިމުކޮށްދިނުމާ އެކު، އާންމުކޮށް މި އޮންނަ ކޮންސިއުލާ މަސައްކަތްތަކުގެ އިތުރަށް ދިވެހިބަހާއި އެކީގައި ދީނީ ކަންކަން އިސްލާމްދީނުގެ މާއްދާއާއި ގުޅޭގޮތުން ކިޔަވާދިނުމުގެ ކަންތައްތަކެއް ރާވައިގެން ކުރިއަށްގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޖުމްލަ ގޮތެއްގައި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް މި ސަރުކާރުން ފެށި މަސައްކަތަކީ ރާއްޖޭގެ އިމުން ބޭރަށް ދިވެހިންތިބި ކޮންމެ ތަނަކަށް އެކަން ފުޅާކޮށް ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި ކުރަން ވިސްނަވާފައި އޮތް ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ހަމަ އެއާއެކު އަންނަން އޮތް ޖީލުތަކަށް ދިވެހިވަންތަކަން ވާސިލްކޮށްދެއްވުމުގައި ދިވެހި ރައްޔިތުން ފަހުރުވެރިވާފަދަ ގޮތަކަށް މަސައްކަތްކުރައްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ރައީސް ވަނީ ދުބާއީގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަމާއި ބޭނުންވާ ކަންކަން ހިއްސާކުރުމަށް ފުރުސަތު ހުޅުވައިލައްވައިފަ އެވެ. އަދި އެކަންކަން ހައްލުކޮށްދެއްވުމަށް މި ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މިސަރުކާރުގެ ލެޖިޓިމެސީ ވަނީ ގޮސްފައޭ މުއިއްޒު އާއި ސެންބެ އިސްތިއުފާ ދީފައި އަވަސް އިންތިޚާބެއް ބާއްވަންވީއޭ އިންތިޚާބު އަވަސްކުރޭ އިންތިޚާބު އަވަސްކުރޭ އިންތިޚާބު އަވަސްކުރޭ
މުއިއްޒު އިސްތިއުފާ އައްސާން އިސްތިއުފާ މުއިއްޒު އިސްތިއުފާ އައްސާން އިސްތިއުފާ މުއިއްޒު އިސްތިއުފާ އައްސާން އިސްތިއުފާ މުއިއްޒު އިސްތިއުފާ އައްސާން އިސްތިއުފާ މުއިއްޒު އިސްތިއުފާ އައްސާން އިސްތިއުފާ
ޢައްސާން އަށް ވުރެން ޑރ. ޖަމީލު އަދި މަލީހު މާބޮޑަށް ރައީސް ޔާމީނަށް ހެޔޮއެދެއޭ ހެޔޮއެދޭތީއޭ ހާލުގައި ޖެހުނު ދުވަހު ރައީސް ޔާމީނާއި އެކު ތިބޭނީ ހެޔޮއެދޭމީހާ ޔަގީންވާނީ އެފަދަ މީހަކަށް ބޭނުންވާ ދުވަހުއޭ އަދު ރައީސް ޔާމީން މުއިއްޒު ހޮވި ނިމުމުން އޭނާގެ ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ލިބެން ޖެހޭއިރު ރައީސް ޔާމީން ޕީޕީއެމް ހިންގަން ނެގި 13 މީހުންގެ އިސްމީހާ މަލީހު ނަގާ ހޫރާލީ އެއީ އައްސާން އިސްވެހުރެއޭ ދިފާއީ ވަޒީރުގެ ގޮނޑީގެ ދަހިވެތިކަމުގައޭ އައްސާން އިސްތިއުފާ މުއިއްޒު އައުޓް އިންޑިއާ