ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް އެމްއެމްޕީއާރްސީން ދޫކުރި ރަށެއްގެ މުއާމަލާތާ ގުޅޭ މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީން ހާޒިރުކުރީ އެ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށެވެ. ނަމަވެސް މިއަދު ބަޔާނުގައި ސޮއި ކުރައްވާފައެއް ނުވެ އެވެ.

މިއީ ރައީސް ޔާމީނާ ގުޅޭގޮތުން ތަހުގީގު ކުރަމުން އަންނަ ތިން ވަނަ މައްސަލަ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. ކިތަންމެ މައްސަލައެއް ތަހުގީގުކޮށް ކިތަންމެ ދައުވާއެއް އުފުލިޔަސް ރައީސް ޔާމީންގެ ސާބިތުކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ އެއްވެސް އަސާސެއް ނެތް މައްސަލައަކާ ގުޅިގެން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާތައް ކުރަނީ ވަކި ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދެއް ހާސިލު ކުރުމަށް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.