ރޭގަނޑުގެ ނިދި ފަސް ގަޑިއިރަށް ވުރެ މަދުވާ ނަމަ ސިކުނޑީގެ ސިއްހީ ހާލަތު ދަށްވެ، ހަނދާންނެތޭ ބަލީގެ ޝިކާރައަކަށްވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ޑިމެންޝިއާ އަކީ އުމުރުން ދުވަސްވާން ފެށުމުން އާންމުކޮށް ދިމާވާ މައްސަލައެކެވެ.
އެގޮތުން ރޭގަނޑުގެ ނިދި ފަސް ގަޑިއިރަށް ވުރެ މަދުވާ ނަމަ އެއީ އަލްޒެއިމާގެ ހާލަތު ގޯސްވުމާ އެކު، ފުރާނަ އަށް ވެސް ގެއްލުވުމުގެ ފުރުސަތު އޮތް ކަމެކެވެ. ސިއްހީ ތަޖުރިބާކާރުން އަބަދު ވެސް ވިދާޅުވާ ގޮތުގައި ރޭގަނޑުގެ ނިދި ފުރިހަމަކުރަން އެންމެ މަދުވެގެން ވެސް އަށް ގަޑިއިރު ބޭނުންވާނެ އެވެ.
ނޫން ނަމަ ތާއްޔާ ޖެހުމާއި ކުރަން ހުންނަ މަަސައްކަތްތަށް ފޯކަސް ނުކުރެވުމާއި ކަންކަން ކަމަށް ދޭންވާ ސަމާލުކަން ނުދެވުމާއި ކަންކަން ހަނދާން ނެތުން ފަދަ މައްސަލަތައް ކުރިމަތިވާން ފަށާނެ އެވެ.
ބަރާބަރަށް ނުދި ނުލިބޭ ނަމަ ދިމާވާ މައްސަލަތަކުގައި މީހާގެ ފުރާނަ އަށް ގެއްލުންވުމުގެ ފުރުސަތު ވެސް ބޮޑެވެ. އިންސާނާ ހަށިގަނޑުގެ ޓިޝޫތަކަށް ދިރުން އައުމުގައި ނިންޖަކީ ވަރަށް މުހިއްމު އެއްޗެކެވެ.
މި ދިރާސާގައި ބުނާ ގޮތުން އުމުރުން ދުވަސްވާ ވަރަކަށް ނަޓްސްގެ ބާވަތްތައް ކާ ނަމަ އެއީ ހަނދާން ނެތޭ ބަލީގެ ޝިކާރައަކަށްވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.