މާލެ ސަރަހައްދަށް މިދުވަސްކޮޅު ކުރަމުންދާ ގަދަ ވިއްސާރައިގައި މާލޭގެ ގިނަ ގެތަކެއްގައި ފެން ބޮޑުވެގެން އުޅޭތާ އެތައް ގަޑިއިރެއް ފަހުން ސަރުކާރުގެ އިސްވެރިން އެ ގެތަކަށް ވަޑައިގެން ރޭ "ފިލްމު" ކުޅުއްވައިފި އެވެ.

މާލެ ސަރަހައްދަށް ކުރަމުންދާ ގަދަ ވިއްސާރައިގައި މާލެ އާއި ހުޅުމާލޭގެ ވަރަށް ގިނަ މަގުތަކުގައި ފެން ބޮޑުވި އެވެ. އަދި މާލެ އާއި ހުޅުމާލެ ގުޅުވާލަދޭ ލިންކް ރޯޑްގެ ބޮޑު ސަރަހައްދެއްގައި ވެސް ފެން ބޮޑުވެފައިވެ އެވެ.

އޭގެ ފަހުން އިއްޔެ ހެނދުނުން ފެށިގެން ގާތްގަނޑަކަށް ހުރިހާ މަގުތަކެއްގައި އާދަޔާ ހިލާފަށް ފެން ބޮޑުވެ، ހިނގާބިނގާވެ އުޅުމާއި ދަތުރުފަތުރު ކުރުމަށް ވަރަށް ބޮޑަށް އުނދަގޫވެގެން ދިޔަ އެވެ. މާލޭގައި ފެން ހިއްކަން އެމްއެންޑީއެފުން ނުކުތީ ވެސް އިއްޔެ ހަވީރު އެވެ. އޭގެ އެތައް ގަޑިއިރެއް ފަހުން، އިއްޔެ އިރުއޮއްސެނިކޮށް ސަރުކާރުގެ ވެރިން ވަނީ އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ ސަރަހައްދުތަކަށާއި ވިއްސާރައިގައި ފެން ބޮޑުވެ ގެއްލުން ލިބުނު ބައެއް ގެތަކަށް ވެސް ޒިޔާރަތް ކުރައްވައިފަ އެވެ.

18 ދުވަސް ފަހުން ޝަހީބު ތަރުޖަމާނުކަމުން ވަކިކޮށްފި

ރައީސް އޮފީހުގެ ވެބްސައިޓުގައި ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ މައުލޫމާތު ހުންނަ ޕޭޖުގައި ވެސް މިހާރު ބުނެފައި ވަނީ ޝަހީބަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށެވެ.

ތަރުޖަމާނުކަން ދިންތާ 18 ދުވަސް ފަހުން ޝަހީބު މަގާމުން ވަކި ކުރި ސަބަބެއް ނޭނގެ އެވެ.

ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ނުދީ އާ ޕޮލިސް ކޮމިޝަނަރު އިއްވެވީ ބަޔާނެއް!

އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ނޫސްވެރިން ބައިވެރިވީ އާ ޕޮލިސް ކޮމިޝަނަރުގެ ހައިސިއްޔަތުން ނޫސްވެރިން ކުރާ ސުވާލުތަކަށް ޝުޖާއު ޖަވާބު ދެއްވާނެ ކަމުގެ އުންމީދުގަ އެވެ. އެކަމަކު، ޕްރެސް ކޮންފަރެންސް ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ނޫސްވެރިންނަށް އަންގާފައި ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމެއް ނޯންނާނެ ކަމަށެވެ.

ވިއްސާރައާ ހެދި ބައެއްް ފްލައިޓްތައް ކެންސަލްވެ، ބައެއް ފްލައިޓްތައް ލަންކާއަށް

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސް އޮފިޝަލަކު އިއްޔެ މެންދުރު ވިދާޅުވީ ވިއްސާރަވެ މޫސުމް ގޯސްވުމުން ތިން ފްލައިޓެއް ކެންސަލްކޮށްފައިވާ ކަމަށެވެ. އެގޮތުން ޑުބާއީން މާލެ އަންނަން އޮތް އެމިރޭޓްސްގެ ފްލައިޓަކާއި ކޮލަމްބޯ އިން އަންނަން އޮތް ސްރީލަންކަން އެއާލައިންސްގެ ބޯޓަކާއި އެތެރޭގެ އުދުހުމުގެ ހިދުމަތްދޭ މަންޓާ އެއާގެ ފްލައިޓެއް ވެސް ކެންސަލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ސާވާ ރޫމަށް ފެން ވަދެ ގެއްލުން ލިބި، ހުރިހާ ޝަރީއަތެއް ކެންސަލް

އިމާރާތް ވަރަށް ބޮޑަށް ބާވެ، ބޮލަށް ވެއްޓެން ކައިރިވެފައިވާ، ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އިއްޔެ ހެނދުނުން ފެށިގެން ކްރިމިނަލް ކޯޓުގެ ސީލިންގުން ފެންވަދެ ކޯޓުގެ ސާވާ އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.

އާބަންކޯގެ މުނިސިޕަލް ހިދުމަތް ކައުންސިލަށް، މުވައްޒަފުންގެ މުސާރަ ކުޑަކުރަނީ

ހުޅުމާލޭ މަގުތަކާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމާއި މަގުމަތި ދިއްލުމުގެ އިތުރުން އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ކުރަމުން އަންނަނީ އާބަންކޯގެ ބެލުމުގެ ދަށުންނެވެ. އެ ހިދުމަތްތައް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި އެކަން ކުރައްވަން ނިންމަވައިފަ އެވެ.

ފުލުހުންގެ މުސާރަ މިއަދުން ފެށިގެން ބޮޑެއް ނުވޭ، ބޮޑުކުރާނެ ދުވަހެއް ވެސް ނުނިންމާ

"ހުރިހާ"އާ ވާހަކަދެއްކި ފުލުހުންގެ އޮފިސަރު ވިދާޅުވީ މުސާރަ މާދަމާއިން ފެށިގެން ބޮޑުވާނެ ކަމަށް ބުނެ ޕޭ ކޮމިޝަނުން ނިންމި ކަމަށް ބުނެ 21 ނޮވެމްބަރުގައި ސާކިއުލާއެއް ވެސް ނެރުނު ކަމަށެވެ. ނަމަވެސް އެ ނިންމުން މިހާރު ބަދަލުވެފައިވާ ކަން އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.