ރާއްޖޭގައި 88 އިންޑިއާ ސިފައިން އެބަތިބި ކަމަށާއި ސިފައިން ފޮނުވާލުމުގައި އުނދަގޫތަކެއް އެބަހުރި ކަމަށް ސަރުކާރުން ބުނެފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލައަކީ ދިވެހިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި އިންޑިއާ ސިފައިން ބޭރުކުރުމަކީ ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ވަރަށްވެސް މުހިންމު ސިޔާސަތެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
މި މައްސަލައިގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެކި މަރުހަލާތަކުގައި އެކި މަޝްވަރާތައް ފެށި ސަރުކާރުގެ އެކި ލެވެލްތަކުގައި 10 ބައްދަލުވުމެއް މިހާތަނަށް ބޭއްވިފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.
"މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ތަފާތު މަރުހަލާތަކުގައި ތަފާތު މަރުހަލާތަކުގައި ތަފާތު މަޝްވަރާތައް ފެށި ސަރުކާރުގެ އެކި ލެވެލްތަކުގައި 10 ބައްދަލުވުމެއް މިހާރު ވަނީ ބޭއްވިފަ. ކުރިއަށް މުހިންމު ބައްދަލުވުންތަކެއް ވަނީ ތާވަލު ކުރެވި، ރޭވިފައި. މިކަމުގައި މުހިންމު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ކެބިނެޓުގައި ވަނީ ފާހަގަ ކުރައްވާފައި،" ނާޒިމް ވިދާޅުވި އެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެންމެފަހުން ހާމަކުރި މައުލޫމާތު ދައްކާގޮތުން 88 އިންޑިއާ ސިފައިންގެ މީހުން ތިބިކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ތިބި އަދަދަށްވުރެއް މުހިންމީ ތިބި ސިފައިން ފޮނުވާލުމުގެ ކަންކަން ކުރުން ކަމަށެވެ.
ސަރުކާރުން އެންމެ ފުރަތަމަ ހާމަކުރި ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދަކީ 77 އެވެ. އޭގެ ފަހުން ސަރުކާރުން ހާމަ ކުރީ ރާއްޖޭގައި އިންޑިއާގެ 89 ސިފައިން ތިބި ކަމަށެވެ.
ވެރިކަމަށް އަރަން އުޅުނު އިރު 2000 ވެރިކަމަށް އަރާފަ ބަލާލިއިރު 77 މިހާރު 88 ކުރިޔަށް.... 99... 111 ބޯހަލާކު.
???????????? ދެންބާރައް ????????????????????????????
ސަރުކާރަށް ނުވަންޔާ ރައްޔަތުންނާހަވާލު ކުރަންވީއެއްނުން
މާނައަކީ އިޒްރޭލް ސިފައިން ފަލަސްތީން ހިސޯރު ކުރިގޮތަށް ހިސޯރު ކޮށްފައޭބާ؟ ސަރުކާރުން އެންގީމަ ނުފޭބުމުން އެނޫން މާނައެއް ދޭހައެއް ނުވޭ.