ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމުގެ މިހާރުގެ ހާލަތު ދެނެގަތުގެ މަސައްކަތް މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ން ފަށައިފި އެވެ.
އެމްޑަބްލިއުއެސްސީން މިއަދު ބުނީ ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމުގެ މިހާރުގެ ހާލަތު ދެނެގަތުމަށްޓަކައި، އެސެސްމަންޓް އަދި ކަންޑިޝަން މޮނިޓަރިންގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި މިއީ އެނިޒާމު މަރާމާތުކޮށް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުއެއް އެކުލަވާލައި ތަންފީޒު ކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ މިސާވޭ އަކީ ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކުރިއަށް ގެންދާ ސާވޭ އެއް ކަމަށެވެ. އަދި ސާވޭ ނިންމުމަށްފަހު ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެކަމަށްވެސް މަތީން ވިދާޅުވި އެވެ.
ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމާއި ކަރަންޓުގެ ހާލަތު ދިރާސާކޮށް، އިތުރަށް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި އެވާރަމަންޓް މިނިސްޓްރީން ހަވާލުކުރެއްވީ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު އެވެ.
"ދަ ޑެވިލް ވެއާސް ޕްރާޑާ 2"އަށް ބޮޑު ތަރުހީބެއް!
ކައުންސިލަރުން ހުވާކުރުން ކުރިއަށްގެންދާނެ އުސޫލު އާންމުކޮށްފި
މާލޭ މަގުތައް ޑިޒައިން ކުރާ ޓީމް އަންނަ މަހު ރާއްޖެ އަންނާނެ